އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބާއި ގުޅޭ ޖިންސީ ފުރައްސާރައިގެ މައްސަލައެއް ހުށަހަޅާފައި ނުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
ހަބިބު ކޮމިޝަނުގެ ދެ މުވައްޒަފަކަށް ޖިންސީ ފުރައްސާކުރި މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ސިޓިއެއް ފޮނުވާފައިވާ ކަމަށް ބުނެ މީޑިއާގައި ހަބަރު ފެތުރި އެވެ. މިކަމާއި ގުޅިގެން އީސީން ވަނީ ކުއްލި ބައްދަލުވުމެއް ބާއްވާފައި އެވެ.
ބައްދަލުވުމަށް ފަހު އީސީން ނެރުނު ބަޔާނުގައި ބުނެފައިވަނީ ނައިބު ރައީސްއާ ގުޅިގެން މިހާތަނަށް އެ ކޮމިޝަނުގެ ކަމާބެހޭ އެއްވެސް ކޮމިޓީއަކަށް އެއްވެސް މައްސަލައެއް ހުށަހެޅިފައިނެތް ކަމަށެވެ. އީސީން ބުނީ ހަބީބާއި ގުޅޭ ޖިންސީ ގޯނާގެ މައްސަލައެއް އޮތްނަމަ ކަމާ ގުޅޭ ކޮމިޓީތަކަށް ހުށަހަޅަން މުވައްޒަފުންނަށް އަންގަން ނިންމާފައިވާ ކަމަށެވެ.
ކޮމިޝަނުގެ ނައިބު ރައީސް ދައުލަތުގެ މުދަލާއި ވަސީލަތް ނަހަމަގޮތުގައި ބޭނުންކުރިކަމަށް ބުނާ މައްސަލައެއް ވެސް އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅިކަމަށް ރިޕޯޓުކޮށްފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ. އެކަމާއި ގުޅިގެން އެ މައްސަލައިގެ ހަގީގަތް ބެލުމަށް ކޮމިޝަނުން ކުރި މަސައްކަތުން، ކޮމިޝަނުގެ ނައިބު ރައީސް އެ ކޮމިޝަނުގެ މުދަލާއި ވަސީލަތް ނަހަމަގޮތުގައި ބޭނުންކުރުމުގެ އަމަލެއް ހިންގާފައިނުވާކަން ކަށަވަރުކުރެވޭ ކަަމަށް ވެސް އީސީން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް