ވ. އަންބަރާއިން އެއްވެސް މީހަކު ހައްޔަރުވެސް ނުކުރާ ކަމަށާއި އެމީހުންގެ ތެރެއިން އެއްވެސް މީހެއްގެ މައްޗަށް މަސްތުވާތަކެތީގެ ތުހުމަތެއްވެސް ނުކުރާ ކަމަށާއި ކުރީ ޖޫރިމަނާ ކަމުގައި ފުލުހުން ބުނެފިއެވެ.
ފުލުހުން މިހެން ބުނެފައިވަނީ މިކަމާއި ގުޅިގެން އެކި ނޫސްތަކުގައި ތަފާތު މައުލޫމާތުތައް ހުރުމުން، އެކަން ސާފުކުރުމަށް ނޫސްވެރިން ސުވާލުކުރަން ފެށުމުންނެވެ.
ފުލުހުންނާއި ނޫސްވެރިން ހިމެނޭހެން ހަދާފައިވާ ވަޓްސްއެޕް ގްރޫޕްގައި ބުނެފައިވަނީ ރޭގައި ވ. އަންބަރާއިން 95 މީހަކު ޖޫރިމަނާކޮށްފައިވާނެ ކަމަށެވެ. އެމީހުން ޖޫރިމަނާކުރީ އެޗްޕީއޭގެ ގައިޑްލައިންތަކާއި ހިލާފުވުމުން ކަމަށެވެ. އެމީހުން ގޮސްފައިވަނީ ހުއްދަ ހޯދުމަކާ ނުލާ ކަމަށެވެ. ދަތުރުކުރަން ބޭނުންކުރި އުޅަނދު ބޭނުންކުރީ "އޯވަރ ކެޕޭސިޓީ" ގައި ކަމަށެވެ. އެހެންކަމުން އެކަމަށް ފިޔަވަޅު އަޅާނެ ކަމަށްވެސް ބުނެފައިވެއެވެ.
https://twitter.com/PoliceMv/status/1370255141077622786
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް