ވ. އަތޮޅުގަ އޮންނަ ފަޅުރަށެއް ކަމަށްވާ އަންބަރާގައި ޕާޓީ ކުރި ބޮޑު ގްރޫޕެއް އެޗްޕީއޭ ގައިޑްލައިނާ ހިލާފުވެގެން ޖޫރިމަނާ ކޮށްފި އެވެ.
ޖޫރިމަނާ ކުރި މީހުންގެތެރޭގައި 95 މީހުން ހިމެނެ އެވެ. އެމީހުން އެރަށަށް ގޮސްފައިވަނީ މާލެއިންނެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެމީހުން ޖޫރިމަނާ ކުރީ އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ހުއްދަ ނުހޯދައި މާލެއިން އަތޮޮޅު ތެރެއަށް ދަތުރު ކުރުމުންނެވެ. އަދި ޕާޓީ ކުރަން ދިޔަ މީހުން ދަތުރު ކުރި ދޯންޏަށް ކަނޑައެޅިފައިވާ އަދަދަށްވުރެ ގިނައިން މީހުން އަރުވެގެން ދަތުރުކޮށްފައިވާތީ އެ އުޅަނދުގެ ވެރިފަރާތްވެސް ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެޗްޕީއޭގެ ގައިޑްލައިނަށް އަމަލުކުރުމަށް އެންމެންނަށް އިލްތިމާސް ކޮށްފައި އެވެ. އަދި ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް އެއްބާރުލުން ދިނުމަށް އިލްތިމާސް ކުރި އެވެ.
ފުލުހުން ބުނީ އިތުރަށް މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
https://twitter.com/PoliceMv/status/1370255141077622786
އަންބަރާ އިން މީގެކުރިން ބަޔަކު ޕާޓީ ކުރި މައްސަލައިގައި ޒުވާނުންތަކެއް ހައްޔަރު ކުރިއެވެ. އަދި ފުލުހުން އެ ރަށަށް އަރައި ހިންގި އޮޕަރޭޝަންގައި އެފަހަރު ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް