ޔުއެފާ ޔޫރޮޕާ ލީގުގެ ދެވަނަ ބުރުގައި ރޭ ރަށުން ބޭރުގައި ގްރީސްގެ އޮލިމްޕިއާކޯސްއާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއި އެކު އާސެނައިލް ކާމިޔާބު ކޮށްފިއެވެ. ހޯދައިފިއެވެ.
މި މެޗުން އޮލިމްޕިއާކޮށްގެ މައްޗަށް އާސެނަލުން ކުރިހޯދީ 1-3 ގެ ނަތީޖާއަކުންނެވެ.
މެޗު ފެށިގެންވެސް މޮޅަށް ކުޅެމުން ދިޔައީ އާސެނަލުންނެވެ. އެގޮތުން މެޗު ފަށައިގެން ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ވެސް އާސެނަލުންނެވެ. މި ލަނޑު މެޗުގެ 34 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ މާޓިން އޮޑެގާޑްއެވެ. މެޗުގެ ފުރަތަމަ ހާފް ނިމުނީ އޮޑެގާޑް ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފް ފަށައިގެން އޮލިމްޕިއާކޯސްއިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް ގިނަ ވަގުތު ބޯޅަ ކޮންޓްރޯލްކޮށްގެން ކުޅެފައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން 58 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ، ޔޫސެފް އެލް-އަރަބީއެވެ.
މި މެޗުގައި އާސެނަލަށް ދެވަނަ ފަހަރަށް ލީޑު ނަގައިދިން ލަނޑު 79 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ގެބްރިއަލްއެވެ. މެޗުގައި އާސެނަލުން ލީޑު ފުޅާކުރި ލަނޑު 85 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު އެލްނިނީއެވެ.
މި ނަތީޖާއާއެކު ޔުއެފާ ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލާ ގާތަށް އާސެނަލް ވަނީ ޖެހިލާފައެވެ. ކުއާޓާ ފައިނަލަށް ދަތުރުކުރާނެ ޓީމެއް ޔަގީންވާނީ އަންނަ ހަފްތާ އާސެނަލްގެ ދަނޑުގައި މި ދެޓީމު ބައްދަލުކުރާ ދެވަނަ ލެގުގެ މެޗުގެ ނަތީޖާ ނުކުންނަ ގޮތަކުންނެވެ.
މި ދެޓީމު ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު ކުޅޭނީ މިމަހުގެ 18 ވަނަ ދުވަހުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް