ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގެ ކެމްޕެއިން ކުރުމަށް ކަރަންޓީން ނުވާ ގޮތަށް އަތޮޅު ތެރެއަށް ދިޔުމުގެ ހުއްދަ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދީފި އެވެ.
އިލެކްޝަންސް ކޮމިޝަނާއި ސިޔާސީ ޕާޓީތަކުގެ ކަންބޮޑުންތަކާއި ގުޅިގެން އެޗްޕީއޭއިން ވަނީ "ކޯވިޑުގެ ހާލަތުގައި ރައްކާތެރިކަމާއެކު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ކުރިއަށް ގެންދިއުމުގައި އަމަލުކުރަންވީ ގޮތުގެ އުސޫލު" އަށް ފުރަތަމަ އިސްލާހު ގެނެސް ރޭ އާންމު ކޮށްފައި އެވެ.
މި އިސްލާހުގައި ވާގޮތުން ކަރަންޓީން ނުވާގޮތަށް ގިނަވެގެން ފަސް ދުވަހަށް ކަރަންޓީން ނުވާގޮތަށް ކެމްޕެއިން ކުރަން ރަށްރަށަށް ދެވޭނެ އެވެ. އެ ދަތުރުގައި ބައިވެރިވެވޭނީ ކެންޑިޑޭޓަކު ކަނޑައަޅާ ފަސް މީހުންގެ ޓީމަކަށް ކަމަށް ބުނެފައިވެއެވެ.
އަދި ދަތުރު ކުރެވޭނީ 72 ގަޑިއިރު ކުރިން ހަދާފައިވާ ނެގެޓިވް ޕީސީއާރް ޓެސްޓަކާއި އެކުކަމަށް ގައިޑްލައިނަށް ގެނައި އިސްލާހުގައި ބުނެފައިވެ އެވެ.މީގެ އިތުރުން އެޗްޕީއޭއިން ދޫކޮށްފައިވާ ހުއްދަ ރަށަށް ފުރުމުގެ ކުރިން އެރަށެއްގެ ކައުންސިލަށް ފޮނުވަންޖެހެ އެވެ.
ކެމްޕެއިނަށް ރަށްރަށަށް ދަތުރުކުރަން ހަމަޖައްސާ ހާއްސަ ގައިޑްލައިންގެ ދަށުން ދަތުރުކުރާ އެއްވެސް ކެންޑިޑޭޓަކު ނުވަތަ ފަރާތަކުން އުސޫލާ ހިލާފުވެއްޖެ ނަމަ ދެން އެ ފަރާތަކުން ދަތުރުކުރުމުގައި އަމަލު ކުރަން ޖެހޭނީ ކަރަންޓީނުގެ އުސޫލަށް ކަމަށް، ފަހުން ގެނައި އިސްލާހުގައި ބުންޏެވެ.
ކަރަންޓީން ނުވާގޮތަށް ރަށްރަށަށް ދިއުމުގެ ހުއްދަ ދިން ނަމަވެސް ކެމްޕެއިން ކުރުމަށް ދޮރުން ދޮރަށް ކެމްޕެއިން ކުރުމާއި ރައްޔިތުން އެމީހުންނާއި ބައްދަލު ކުރަން ދިއުން އޮތީ މަނާކޮށްފައި އެވެ. ކެމްޕެއިން ހަރަކާތްތައް ކުރިޔަށްގެންދަން ޖެހެނީ އެރަށެއްގައި ބައްދަލުވުންތައް ބާއްވާ ވަކި ތަނެއްގައި އެވެ.
ކައުންސިލް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހު 10 ވަނަ ދުވަހުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް