ޒައިދު ފުލުހުންގެ ބަންދަށް ބަދަލު ކުރި މައްސަލައިގެ އިސްތިއުނާފު އަޑުއެހުން މިއަދު

މާލޭ ސިޓީގެ މެދުހެންވޭރު ދާއިރާގެ ކައުންސިލަރު ޒައިދުލް އަމީން ގޭބަންދުގައި ބެހެއްޓުމަށްފަހު ފުލުހުންގެ ބަންދަށް ބަދަލުކުރަން ކްރިމިނަލް ކޯޓުން ކުރި އަމުރުގެ އިސްތިއުނާފު އަޑުއެހުމެއް ހައިކޯޓުގައި މިއ...

12 Mar 2017 | 07:26

މާލޭ ސިޓީގެ މެދުހެންވޭރު ދާއިރާގެ ކައުންސިލަރު ޒައިދުލް އަމީން ގޭބަންދުގައި ބެހެއްޓުމަށްފަހު ފުލުހުންގެ ބަންދަށް ބަދަލުކުރަން ކްރިމިނަލް ކޯޓުން ކުރި އަމުރުގެ އިސްތިއުނާފު އަޑުއެހުމެއް ހައިކޯޓުގައި މިއަަދަށް ތާވަލްކޮށްފި އެވެ.

ޝަރީއަތުގެ ފުރަތަމަ އަޑުއެހުން އޮތީ މިއަދު މެންދުރު 1:30 ގައި އެވެ.

ޒައިދު ހައްޔަރުކުރީ ފަނޑިޔާރަކަށް ބިރުދެއްކި މައްސަލައެއްގެ ތުހުމަތުގައި އެވެ. ޒައިދުގެ ގާނޫނީ ވަކީލު އަހުމަދު މަހުފޫޒު ވިދާޅުވީ އެ މައްސަލަ އިސްތިއުނާ ކުރީ ގޭ ބަންދަށް ބަދަލު ކުރުމަށް ފަހު ބަންދުގައި ބެހެއްޓުމަށް ހުއްދަކުރާ ގާނޫނީ ސަބަބެއް އޮތްކަމަށް ނުފެންނާތީ ކަމަށެވެ.

ފުލުހުންގެ ބަންދަށް ބަދަލުކުރުމުން ޒައިދު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފަިއވަނީ ބިރުދެއްކި ކަމުގެ ތުހުމަތު އޭނާގެ މައްޗަށް ކުރާއިރު ބިރުދެއްކީ ކޮން ފަނޑިޔާރަކަށް ކަން ފުލުހުންނަށް ބުނެދެވިފައިނުވާ ކަމަށެވެ. އަދި އޭނާގެ މޮބައިލް ފޯނާއި ލެޕްޓޮޕް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، އެއިން އެއްވެސް އެއްޗަކުން އޭނައާ ދެކޮޅަށް އެއްވެސް ހެއްކެއް ފެނިފައިނުވާ ކަމަށް ޒައިދު ވަނީ ވިދާޅުވެފައެވެ.

އަދި ޒައިދު ވަނީ އޭނާ ހައްޔަރުކޮށްގެން ޕޮލިހުން ސިޔާސީ ބަޔާނެއް ނަގުވަން އުޅުނު ކަމުގެ ތުހުމަތު ފުލުހުންނަށް ކޮށްފައި އެވެ. ޒައިދު ވިދާޅުވީ ރައީސް މައުމޫނާއި ދެކޮޅަށް ބަޔާނެއް ދިނުމަށް ފުލުހުން އޭނާއަށް މަޖުބޫރު ކުރިވި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް