އެއްވެސް ސިއްހީ މައްސަލައެއް ނުހުންނަ މީހުންވެސް އާންމުކޮށް ކޮޅަށް ހުއްޓަ ބޯ އަނބުރާގޮތް ވެ އެވެ.
ބައެއް މީހުންނަށް އެގޮތަށް ބޯ އަނބުރައިގަނެފަ އިރުކޮޅަކުން ރަނގަޅުވިޔަސް، އަނެއްބައި މީހުންނަށް އެއީ ބޮޑު ވޭނެކެވެ. ބޯއެނބުރުމުގެ ސަބަބުން ހޮޑުލެވި، ބޮލުގަ ރިއްސާ، ވަގުތުކޮޅަކަށް ކަންފަތް ބީރުވުމުގެ އިތުރުން ލޮލަށް ގޮތްނޭނގޭ ގޮތްތަކެއްވެ ގައިން އޮއްދާ ހިއްލާގޮތްވާ މީހުން އުޅެ އެވެ.
އެކަމަކު އާންމުކޮށް ބޯ އަނބުރައިގަނެގެން ގޮތްވާ މީހުން ވަރަށް ވިސްނަން ޖެހެ އެވެ. އެއީ ކުއްލިއަކަށް ބޯއަނބުރައި ގަތުމުގެ ސަބަބުން ކަރަށް ބޮޑު ގެއްލުމެއް ލިބިދާނެތީ އާއި ސްޓްރޯކެއް ޖެހުމުގެ ފުރުސަތު އޮތުމުންނެވެ. އަދި ބޯ އަނބުރަނީ ބޮލުގައި ޓިއުމަރެއް އިނދެގެން ކަމަށްވެސް ވެދާނެތީ އެވެ.
ތަޖުރިބާކާރުން ބުނާގޮތުގައި ބޯ އަނބުރަނީ ކަންފަތުގެ އެތެރޭގެ ބަޔަކާއި ސިކުނޑިއާއި ގުޅިފައި އިންނަ ބައިގެ ހިނގުން ކުއްލިއަކަށް އަވަސްވުމުންނެވެ. އެކަމަކު ކުދި ކުދި ކަންތައްތައް ކޮށްލަނިގެން ބޯއެނބުރުން ރަނގަޅު ކޮށްލެވިދާނެ އެވެ.
ގިނަ އިރު ހިނގާފައި އުޅުމަށް ފަހު އައިސް ހަމަޖެހިލައިގެން އިށީނދެލާށެވެ. އެއްވެސް ކޮޅަކަށް ނުގުޑި އިރުކޮޅެއްގައި އިނުމުން ސިކުޑީ ހަމަޖެހިލާނެއެވެ. އާންމުކޮށް ބޯ އަނބުރާ ސަބަބުތަކުގެ ތެރޭގައި ރަނގަޅަށް ނިދި ނުލިބުން ހިމެނެ އެވެ. ދުވާލަކު އަށް ގަޑި އިރުގެ ނިދި ކޮންމެހެން ހަށިގަނޑަށް ބޭނުންވެ އެވެ.
ބޯ އެނބުރުމަކީ ކަންފަތާއި ގުޅިފައިވާ ކަމެއް ކަމުން މިއީ ކޮށްލަން މުހިންމު ކަމެކެވެ. ކަންފަތަށް އިނގިލިލުމަށް ފަހު މައްޗަށާއި ތިރިއަށް ތަޅުވާލުމުން ކަންފަތުގެ އެތެރެ ހަމަޖެހި ބޯއެނބުރުމުން ދުރުކޮށްދޭނެ އެވެ.
އަބަދުވެސް ހަށިގަނޑަށް ބޭނުންވާ ވަރަށް ފެން ފަދަ ދިޔާއެއްޗެހި ބޯށެވެ. އޭރުން އަވަސް އަރުވާލައިގެން މަސައްކަތެއް ކުރާ ގަޑިއެއްގައި ބޯ އަނބުރާގޮތެއް ނުވާނެ އެވެ.
ދެން އެންމެ ވިސްނަންވީ ކެއުމުގެ އާދަކާދައަށެވެ. ރަހަ ގަދަ އެއްޗެހީގެ ތެރޭގައި ހިމެނޭ ރޯ ފިޔާ ފަދަ އެއްޗހި ކެއުމުން ސިކުނޑިއަށް ބޭނުންވާ ލޭ ރަނގަޅަށް ފޮނުވައިދެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް