ޕީޕީއެމްއިން ކުރިޔަށް ގެންދާ “އެންމެ ގާތުން” ކެމްޕެއިންގައި ހއ. އަތޮޅުގެ ރަށްތަކަށް ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް ވަޑައިގެންފި އެވެ.
މެޑަމް ފާތުންގެ މިދަތުރުފުޅުގައި މިއަދު ހއ. ދިއްދޫ، އުތީމު އަދި ހދ. ހަނިމާދޫއަށް ވަޑައިގެންނަވާނެ އެވެ. އިއްޔެ ހއ. ހޯރަފުށްޓާއި ކެލާއަށް ވަޑައިގެންނެވިއިރު ހުކުރު ދުވަހު ވަނީ އެ އަތޮޅު އިހަވަންދޫއަށް ވަޑައިގެންފައި އެވެ.
މެޑަމްގެ މި ދަތުރުފުޅުގައި އެ ރަށްރަށުގައި ތިބި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުންނާއި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައި އެވެ. އަދި އެ ފަރާތްތަކުގެ ހާލު ބަލައި، އެމީހުންނަށް ބޭނުން ވަނީ ކޮން ކަމެއްތޯ އޮޅުން ފިލުއްވާނެ ކަމަށް މެޑަމް ފާތުންގެ އޮފީހުން މައުލޫމާތުދެ އެވެ.
ހއ އަތޮޅާއި ހދ އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވާ މި ދަތުރުފުޅުގައި އެ ދާއިރާތަކުގެ މަޖިލީސް މެންބަރުން އެކަމަނާގެ އަރިހުގައި ބައިވެރިވެ ވަޑައިގެންނަވަ އެވެ.
“އެންމެ ގާތުން” ޕްރޮގްރާމްގެ ދަށުން މެޑަމް ފާތުން ވަނީ މިދިޔަ ހަފްތާ ބަންދުގައި ގއ. އަތޮޅުގެ ބައެއް ރަށްރަށަށް ވަޑައިގެންފައި އެވެ. އަދި މިދިޔަ މަހު ނ. އަތޮޅަށް ވަޑައިގެން ރަށްތަކުގެ ރައްޔިތުންނާއި ބައްދަލު ކުރައްވާފައިވާއިރު އޭގެ ކުރިން ވަނީ ހުޅުމާލެއަށްވެސް ޒިޔާރަތް ކުރައްވާފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް