ބޮލީވުޑްގެ ތަރި ސަންޖޭ ދަތުގެ ހަޔާތުގެ މައްޗަށް ތައްޔާރު ކުރާ ފިލްމަށް ކިޔާނެ ނަމެއް ކަނޑައަޅާނީ މުބާރާތެއް ބާއްވައިގެން ކަމަށް އެ ފިލްމުގެ ޑައިރެކްޓަރު ބުނެފި އެވެ.
މި ފިލްމު ޑައިރެކްޓު ކުރަނީ "ޕީކޭ" ފަދަ މަޝްހޫރު ފިލްތައް ޑައިރެކްޓު ކޮށްފައިވާ ރާޖްކުމާރު ހިރާނީ އެވެ.
އެ ފިލްމުގެ ޝޫޓް ކުރަމުންދާ ގޯޕާލްގައި ހުރެ ނޫސްވެރިންނާއި ވާހަކަ ދައްކަމުން ރާޖްކުމާރު ބުނީ އެ ފިލްމަށް ކިޔާނެ ނަމެއް ކަނޑައެޅުމަށް އެ މު ބާރާތުގައި ބައވެރިވާ އެންމެންނަށް ކަމުދާ ނަންތައް ހޯދާނެ ކަމަށެވެ. ފިލްމަށް ކިޔާނީ ހުށަހަޅާ ނަންތަކުގެ ތެރެއިން ޕްރޮޑަކްޝަން ޓީމަށް އެންމެ ކަމުދާ ނަމެކެވެ.
އޭނާ ބުނީ އެ ފިލްމު ހަދަން ފެށީ ސަންޖޭ ދަތުގެ ހަޔާތުގައި ދިމާވެފައިވާ ހުރިހާ ކަމެއްގެ ތަފްސީލް ހޯދައިގެން ކަމަށެވެ. އެގޮތުން ހަމައެކަނި ސަންޖޭ ދަތުގެ ކައިރިން 200 ގަޑިއިރުގެ ވާހަކަ ރެކޯޑު ކުރި ކަމަށާއި އެވަރުން ނުވެގެން އޭނާގެ އާއިލާ މީހުންނާއި ރައްޓެހިން ކައިރިންވެސް މައުލޫމާތު ހޯދި ކަމަށެވެ.
ރާޖްކުމާރު ބުނީ ހަގީގީ ދިރިއުޅުމުގައި ސަންޖޭ ރޮނިކޮށް އެއްވެސް މީހަކަށް ފެނިފައި ނުވާ ކަމަށެވެ. އެކަމަކު އޭނާގެ ހަޔާތުގެ މައްޗަށް ހަދާ ފިލްމުގެ ޝޫޓިން ކުރިޔަށްދާއިރު ސަންޖޭ ރޯތަން ފެނިފައިވާ ކަމަށެވެ.
މި ފިލްމުގައި ސަންޖޭ ދަތުގެ ރޯލުން ފެނިގެންދާނީ ރަމްބީރު ކަޕޫރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް