މިދުވަސްވަރު ވައިރަލް ހުމާއި ރޯގާ ފެތުރެމުންދާތީ އައިޖީއެމްއެޗުގައި "ފްލޫ ކްލިނިކް" ނަުގައި ކްލނިކެއް ހުޅުވައިފި އެވެ.
އެޗްޕީއޭއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މުޅި ރާއްޖޭގައި ފެތުރެމުންދާ ހުމާ ރޯގާ މާލޭގައިވެސް ހަލުވިކަމާއި އެކު ފެތުރެމުން ދާކަމަށެވެ. އެހެންވެ މާލޭގައި ޑޮކްޓަރަށް ދެއްކުން ފަސޭހަކޮށްދިނުމަށް އައިޖީއެމްއެޗް ގައި ކުލިނިކެއް ހުޅުވާފައިވާ ކަމަށެވެ.
މި ކްލިނިކު ހުޅުވާފައި ހުންނާނީ ކޮންމެ ދުވަހެއްގެ ހެނދުނު 8:00 ން ރޭގަނޑު 10:00 އަށެވެ. އަދި އަތޮޅު ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުގެ އިތުރުން ސިއްހީ ފަރުވާ ދޭ އަމިއްލަ މަރުކަޒުތަކުގައި ހާއްސަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
ރައްކާތެރިވުމުގެ ގޮތުން އެޅިދާނެ ފިޔަވަޅުތަކުގެ ތެރޭގައި ރޯގާ ޖެހިއްޖެނަމަ ކެއްސާ ކިނބިހި އަޅާއިރު ޓިޝޫ ފަދަ އެއްޗެއް ބޭނުން ކުރުންކުރުމާއި
އެޗްޕީއޭއިން ބުނީ ފެތުރެމުންދާ ރޯގާގައި ބައެއް ފަހަރު ބަލިމީހާގެ ހާލުދެރަވާތީވެ، އަރިދަފުސް ރޯގާ ޖެހި މަދުވެގެން ދެ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދައްކަން ވާނެ ކަމަށެވެ. ހާއްސަކޮށް ކުޑަކުދިންގެ ފަރާތުން ކެއުން ބުއިން މަދުވުން، މާގިނައިން ނިދުން، އާދަޔާ ހިލާފަށް ރުއިން ފަދަ އަލާމާތެއް ފެނިއްޖެ ނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ ލަފާ ހޯދުމަށް ވަނީ އިލްތިމާސްކޮށްފައި އެވެ.
ހުމާ ރޯގެ އަލާމާތްތައް:
ހުން އައުން
ކަރުގައި ރިހުން
ބޮލުގައި ރިހުން
ގައިގައި ރިހުން
ހީކަރުވާފައި ވަރުދެރަވުން
ބޭރަށް ހިންގުން، ހޮޑުލުން
އެކު ޓިޝޫ ބޭނުންކުރުމަށްފަހު ހާމައަށް އެއްލާ ނުލުން، ރޯގާ ޖެހިއްޖެނަމަ ކުޑަކުދިން ކައިރިއަށް ނުދިއުމާއި އެކުދިން އުރައި ނުހެދުން ހިމެނެ އެވެ.
އަދި ގިނައިން ދިޔާތަކެތި ބޭނުން ކުރުން ރަނގަޅެވެ. އޭގެ ތެރޭގައި ކަޅު ސައި، ލުނބޯ، އިނގުރު އަދި މާމުއި ފަދަ މުއިންތައް ބޭނުންކުރުމުގެ އިތުރުން ބޭހުގެ ގޮތުގައި ޕެރެސިޓަމޯލް ފިޔަވައި އެހެން ބޭހެއް ބޭނުން ނުކުރުމަށް އެޗްޕީއޭއިން އިލްތިމާސް ކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް