ޑަޗްލޭންޑްގެ ފްލައިޓެއް ތުރުކީއަށް ދެން ޖައްސާކަށް ލާހިކެއް ނޫން: އުރުދުޢާން

ޑަޗްލޭންޑްގެ ފްލައިޓެއް ތުރުކީގެ އެއާޕޯޓަކަށް ލޭންޑް ކުރުމަކީ ދެން ވާނޭ ކަމެއް ނޫން ކަމުގައި ތުރުކީގެ ރައީސް ތައްޔިބު އުރުދުޢާން ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ތުރުކީގެ ހާރިޖީ ވަޒީރު ...

11 Mar 2017 | 23:49

ޑަޗްލޭންޑްގެ ފްލައިޓެއް ތުރުކީގެ އެއާޕޯޓަކަށް ލޭންޑް ކުރުމަކީ ދެން ވާނޭ ކަމެއް ނޫން ކަމުގައި ތުރުކީގެ ރައީސް ތައްޔިބު އުރުދުޢާން ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ތުރުކީގެ ހާރިޖީ ވަޒީރު ޑަޗްލޭންޑަށް ވަޑައިގެންނެވި ފްލައިޓް ޑަޗް އެއާޕޯޓްގައި ލޭންޑް ކުރުމުގެ ހުއްދަ ނުދިނުމުން އެކަމާ ރުޅި ދުރުވެ ދެއްވި ރައްދެއްގަ އެވެ.

ތުރުކީން ބުނެފައިވަނީ ގުޅުން ކަޑައިލީ ޑަޗްލޭންޑުން ކަމަށާއި އެކަމުގެ ނަތީޖާ ވަރަށް ހިތިވާނެ ކަމަށެވެ. ޑަޗްލޭންޑުން ބުނެފައިވަނީ ހާރިޖީ ވަޒީރު އެގައުމަށް ލޭންޑް ކުރުމުގެ ފުރުސަތު ނުދިނީ ތުރުކީއާއި ދެކޮޅު ފިކުރުގެ ރައްޔިތުން ގައުމުގައި ގިނަކަމުން ކުރިމަތިވެދާނެ ސެކިއުރިޓީ ހާލަތަކަށް ރިއާޔަތް ކުރުމަށްފަހުގައި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް