ޒަކާތު ސޮފްޓުވެއާ ހެދުމަށް އައިޑީބީން އެހީވެއްޖެ

ޒަކާތު ސޮފްޓް ވެއާ ހެދުމަށް ބޭނުންވާ 90،000 އެމެރިކާ ޑޮލަރު  ހަމަޖެހިއްޖެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ. މިނިސްޓަރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ރޭ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވ...

12 Mar 2015 | 09:03

ޒަކާތު ސޮފްޓް ވެއާ ހެދުމަށް ބޭނުންވާ 90،000 އެމެރިކާ ޑޮލަރު  ހަމަޖެހިއްޖެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

މިނިސްޓަރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ރޭ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ޒަކާތު ސޮފްޓް ހެދުމަށް ބޭނުވާ 90،000 ޑޮލަރު ލިބޭގޮތަށް ހަމަޖެހުނީ ސައުދިއަރަބިއްޔާގެ ޖިއްދާގައި ހުންނަ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިޑީބީ) އިން ކަމަށެވެ.

https://twitter.com/Mohamedshaheem1/status/575566904028495873

ހަރުދަނާ ގޮތެއްގައި ޒަކާތުގެ ކަންކަން ބެލެހެއްޓޭނެ ނިޒާމެއް ގާއިމް ކުރަން ސޮފްޓްވެއާ އެއް ތަރައްގީ ކުރުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީގެ ފަރާތުން އެންސީއައިޓީ އާއި ހަވާލުކުރީ 27 މާޗް 2014 ގައެވެ.

އެމަސައްކަތް އެންސީއައިޓީއާއި ހަވާލުކުރީ ހަތަރު މަސްތެރޭގައި މަސައްކަތް ނިންމާ ގޮތަށް އަށް ލައްކަ ރުފިޔާ އަށެވެ.

އިސްލާމިކް މިނިސްޓްރީން އޭރު ބުނެފައިވަނީ ޒަކާތު ސޮފްޓްވެއާއެއް ހެދުމުގެ އެއް ބޭނުމަކީ ޒަކާތުގެ ނިޒާމް ހަރުދަނާކޮށް އިސްލާމީ އިގްތިސާދެއް ބިނާކުރުމާއި ޒަކާތް ލިބޭ ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލުމުގެ އިތުރުން ޒަކާތް ދައްކާ ފަރާތްތަކުގެ މައުލޫމާތު ވަގުތުން އެނގޭނެ ގޮތެއް ހެދުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް