އާމިރް ހާންގެ ކުރިޔަށް އޮތް ފިލްމަށް ތައްޔާރުވުމަށް 22 ކިލޯ ބަރުވެއްޖެ

ބޮލީވުޑްގެ ތަރި އާމިރް ހާންގެ ދެން އެންމެ އަވަހަށް ނުކުންނަ ފިލްމަށް ތައްޔާރުވުމުގެ ގޮތުން އޭނާ 22 ކިލޯ ބަރުވެއްޖެ އެވެ. އާމިރުގެ ދެން އެންމެ އަވަހަށް ނުކުންނަ ފިލްމަކީ "ދަންގާލް" އެވެ. އެ ފިލްމަށް ތަ...

12 Mar 2015 | 08:19

ބޮލީވުޑްގެ ތަރި އާމިރް ހާންގެ ދެން އެންމެ އަވަހަށް ނުކުންނަ ފިލްމަށް ތައްޔާރުވުމުގެ ގޮތުން އޭނާ 22 ކިލޯ ބަރުވެއްޖެ އެވެ.

އާމިރުގެ ދެން އެންމެ އަވަހަށް ނުކުންނަ ފިލްމަކީ "ދަންގާލް" އެވެ. އެ ފިލްމަށް ތައްޔާރުވުމުގެ ގޮތުން އޭނާގެ ހަށިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެންނަމުން ދާކަމުގެ ހަބަރުތައް މީގެ ކުޑަ ދުވަސް ކޮޅެއް ކުރިން ފެތުރިފަ ވެއެވެ.

އާމިރު ހާން ބައިވެރިވި ރަސްމިއްޔާތެއްގެ ތެރެއިން އިއްޔެ ނޫސްވެރިން ވަނީ އާމިރު ހާން ފެނި، އައިސްފަ ހުރި ބަދަލުން މިހާރު ބަރުދަނުގައި ކިތަން ކިލޯ ހުރިތޯ ސުވާލު ކޮށްފައި އެވެ.

ސުވާލުގެ ޖަވާބުގައި އޭނާ ބުނެފައިވަނީ 90 ކިލޯ މިހާރު ގައިގަ އެބަ ހުރިކަމަށާއި މީގެ ތިން މަސް ކުރިން ނުކުތް "ޕީކޭ" ކުޅުނު އިރު ހުންނާނީ 68 ކިލޯ ކަމަށެވެ. އަދި ޕީކޭ ކުޅުނު އިރު ހުރި ބަރުދަނަކީ 2008 ވަނަ އަހަރު ނުކުތް އާމިރުގެ ފިލްމް "ގަޖިނީ" ކުޅުނު އިރު ވެސް ހުރި ބަރުދަން ކަމަށެވެ.

އާމިރު ބުނެފައިވަނީ ބަރުދަން ބަރު ކުރުމަށް މިހާރު އޭނާ ކޮންމެ އެއްޗެއްވެސް ކެއުން ހުއްދަ ކަމަށެވެ. ނަމަވެސް ބައެއް ފަހަރު ކެއުމުގައި މަހުގެ ބާވަތްތަކާއި ބިސް ނުކެވޭ ކަމަށެވެ.

"ދަންގާލް" ގައި އާމިރު ހާން ފެނިގެންދަނީ ބައިނަލް އަގުވާމީ ފެންވަރުގައި ރެސްލިން ކުޅެ ކާމިޔާބީތަކެއް ހޯދާމުންދާ ދެ ކުދިންގެ ބައްޕައެއްގެ ރޯލުންނެވެ. އެއީ ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ހަދަމުންދާ ފިލްމެކެވެ. މިފަހަކަށް އައިސް ނުކުންނަ އެފަދަ ފިލްމްތައް ވަނީ ބޮޑު ކާމިޔާބީއެއް ހޯދާފައެވެ.

އޭގެ ތެރޭގައި "ބާގް މިލްކާ ބާގް" އާއި "މޭރީ ކޮމް" ފާހަގަކޮށްލެވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް