މަޝްހޫރު ލަވަކިޔުންތެރިޔާ އަދި މިއުޒީޝަން "މެޒޯ މޯޑް" ނިޔާވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ އަދި މިއުޒީޝަން މުޙައްމަދު މާޖިދު (މެޒޯ މޯޑް) ނިޔާވެއްޖެއެވެ. ދުވަހަށް މަޢުލޫމާތު ލިބިފައިވާގޮތުގައި މެޒޯ މޯޑް ނިޔާވެފައިވަނީ ހާޓް އެޓޭކެއް ޖެހިގެންނެވެ. އައިޖީއެމްއެޗް ހޮސްޕ...

12 Feb 2025 | 12:22

މަޝްހޫރު ލަވަކިޔުންތެރިޔާ އަދި މިއުޒީޝަން މުޙައްމަދު މާޖިދު (މެޒޯ މޯޑް) ނިޔާވެއްޖެއެވެ.

ދުވަހަށް މަޢުލޫމާތު ލިބިފައިވާގޮތުގައި މެޒޯ މޯޑް ނިޔާވެފައިވަނީ ހާޓް އެޓޭކެއް ޖެހިގެންނެވެ. އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ނިޔާވިއިރު މުޙައްމަދު މާޖިދުގެ އުމުރަކީ 60 އަހަރެވެ. އޭނާ އަކީ މަޝްހޫރު ލަވަކިޔުންތެރިޔާ މީރާ މުޙައްމަދު މާޖިދުގެ ބައްޕައެވެ.

މުޙަންމަދު މާޖިދު ނުވަތަ މިޔުޒިކްގެ ދާއިރާއިން މަޝްހޫރު ނަމުން ދަންނަވާނަމަ، މެޒޯ މުޙަންމަދު، މިޔުޒިކްގެ ދާއިރާއަށް ފުރަތަމަ ނުކުމެވަޑައިގަތީ، 1977 ވަނަ އަހަރު ކްލަބް ކޯބްރާސްއިންނެވެ.

މެޒޯ މޯޑްގެ އަޑު މަޝްހޫރުވެގެންދިޔަ ލަވަތަކުގެ ތެރޭގައި ލަވަތަކުގެ ތެރޭގައި، [ކަމަނަ ގޯތީ އާދަނުތާ] [ވެއްޖެ ކަމަކާ ހައްޖާ ހަމައޭ] [ޖިސްމު] [ރޯނުއެދުރު] [އެޅި މިކަނޑުމަތި] [މާލިއަރާނޭ މާލިއަރާނޭ] [އަކިރި ދެމޭ] ފަދަ ލަވަތައް ހިމެނެއެވެ. އޭގެފަހުން މަޝްހޫރުވި ލަވަތަކުގެ ތެރޭގައި، [އުޑުން ތަރިތައް] [ވިސްނާ ވިސްނާ] [ދާނެހޭ ތިހަނދާން ފިލާ] ފަދަ ލަވަތައް ހިމެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް