މިހާރު ހިނގަމުން މިދާ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ފުރަތަމަ މާލީ ވަޒީރު ޑރ. މުޙައްމަދު ޝަފީގު، މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން (އެމްއައިޑީއެފްޒެޑް) ގެ ސީއީއޯގެ މަޤާމަށް އައްޔަންކޮށްފިއެވެ.
ދުވަހަށް މަޢުލޫމާތު ލިބިފައިވާގޮތުގައި އެ މަޤާމަށް ޝަފީގު އައްޔަންކޮށްފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހުގައެވެ.
އެ ކުންފުނީގެ ސީއީއޯ ކަމަށް ޝަފީގު އައްޔަންކޮށްފައިވާއިރު ހައުސިން ޑިވެލޮޕްމަންޓް ފައިނޭންޝަލް ކޯޕަރޭޝަން (އެޗްޑީއެފްސީ) ގެ ޑިރެކްޓަރުންގެ ބޯޑުގައިވެސް ޝަފީގް އިންނަވައެވެ. އެ ބޯޑަށް ޝަފީގް އައްޔަންކުރެވިގެންދިޔައީ މާލީ ވަޒީރު ކަމުން އިސްތިޢުފާ ދެއްވިތާ ދެތިންމަސް ދުވަސް ފަހުންނެވެ.
މޯލްޑިވްސް އިންޑަސްތްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން ކުންފުންޏަކީ އެސްޓީއޯގެ ދަށުން ހިންގަމުން އަންނަ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެކެވެ. މި ސަރުކާރުން އުފެއްދި އެ ކުންފުންޏަކީ ރާއްޖޭގެ އިގުތިޞާދީ ރައްކާތެރިކަން ކަށަވަރު ކުރުމާއި ވެލިއު އެޑް ކުރުމާއި ޓްރާންޝިޕްމަންތް އާއި ރީ-އެކްސްޕޯޓް ވިޔަފާރިއަށް ޙާއްޞަށް އުފެއްދި ކުންފުންޏެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް