އެމްއޭސީއެލްގެ ޗެއާމަންކަމުގެ މަގާމުން އިސްތިއުފާ ދެއްވުމަށް އެމްޔޫ މަނިކު ސިޓީ ފޮނުއްވައިފި

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ޗެއާމަންކަމުގެ މަގާމުން އިސްތިއުފާ ދެއްވުމަށް މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) ސިޓީ ފޮނުއްވައިފިއެވެ. 10 އަހަރަށް ފަހު މަގާމުން އިސްތ...

12 Feb 2024 | 11:11

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ޗެއާމަންކަމުގެ މަގާމުން އިސްތިއުފާ ދެއްވުމަށް މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) ސިޓީ ފޮނުއްވައިފިއެވެ.

10 އަހަރަށް ފަހު މަގާމުން އިސްތިއުފާ ދެއްވުމަށް އެމްޔޫ މަނިކު ސިޓީ ފޮނުއްވާފައިވަނީ މިދިޔަ ހަފްތާގެ ތެރޭގައެވެ.

ޗެއާމަންގެ މަގާމުން އިސްތިއުފާ ދިނުމަށް ސިޓީ ފޮނުއްވާފައިވީ ނަމަވެސް، އިސްތިއުފާ ގަބޫލުކުރައްވައި އެކަން އަންގާފައެއް އަދި ނުވެއެވެ. އަދި އެ މަގާމަށް އިތުރު ބޭފުޅަކު މިހާތަނަށް އައްޔަންކުރައްވާފައެއް ވެސް ނުވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެމްޔޫ މަނިކު އިސްތިއުފާ ދެއްވީ މީގެ ކުރިން އެމްއޭސީއެލްގެ ވަޒީފާއިން ވަކިކޮށްފައި ތިބި ދެ މުވައްޒަފަކަށް އަލުން ވަޒީފާ ދިނުމާ ގުޅިގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް