މާޔަން އަށް ހަމަލާދީ ފޭރުނު މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފި

އިއްޔެ ހެނދުނު ދުވަން ނުކުމެ އުޅެނިކޮށް ކުރީގެ އަންހެން ގައުމީ ފުޓުބޯޅަ ޓީމުގެ މެމްބަރު އަދި މިހާރުގެ ދުވުންތެރިޔާ މަރިޔަމް މުހައްމަދު (މާޔަން) އަށް ހަމަލާދީ އޭނާގެ ކަރުގައި އޮތް ރަން ފަށް ފޭރިގަތް މަ...

12 Feb 2024 | 07:50

އިއްޔެ ހެނދުނު ދުވަން ނުކުމެ އުޅެނިކޮށް ކުރީގެ އަންހެން ގައުމީ ފުޓުބޯޅަ ޓީމުގެ މެމްބަރު އަދި މިހާރުގެ ދުވުންތެރިޔާ މަރިޔަމް މުހައްމަދު (މާޔަން) އަށް ހަމަލާދީ އޭނާގެ ކަރުގައި އޮތް ރަން ފަށް ފޭރިގަތް މައްސަލައިގައި ދެ މީހުން ހައްޔަރުކޮށްފިއެވެ.

މާޔަން ސޯޝަލް މީޑިއާގައި މިވާހަކަ ހިއްސާކުރަމުން ބުނެފައިވަނީ އިއްޔެ ހެނދުނު ގާތްގަނޑަކަށް 06:15 ހާއިރު ހުޅުމާލެ ކްލޭ ސްޓޫޑިއޯ ހުންނަ މަގުން ދުވެފައި ދަނިކޮށް ސައިކަލެއްގައި އަދި ދެމީހަކު އޭނާ ބިންމައްޗަށް ވައްޓާލައި ކަރުގައި އޮތް ރަން ފަށް ފޭރިގަނެގެން ދިޔައީ ކަމަށެވެ. އަދި މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށް ބުންޏެވެ.

މި މައްސަލައާ ގުޅޭ ގޮތުން ފުލުހުން މީޑީއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އެ މައްސަލައާއި ގުޅިގެން ދެ މީހުން ހައްޔަރުކޮށްފައިވާ ކަމަށާއި، ހައްޔަރުކޮށްފައިވަނީ 25 އަހަރުގެ މީހަކާއި 27 އަހަރުގެ މީހެއް ކަމަށެވެ.

ދުވަން ނުކުމެ އުޅުނު އަންހެނަކަށް މިފަދަ ކަމެއް ކުރިމަތިވުމުން ވަރަށް ގިނަ އަންހެނުން ވަނީ މިކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް