އުރީދޫ މޯލްޑިވްސްގެ ކަސްޓމަރުންނަށް ހިދުމަތް ދިނުމަށް ގާއިމުކޮށްފައިވާ މާލޭގެ އެކްސްޕީރިއަންސް ސެންޓަރ ދަނބު ގޯޅިއަށް ބަދަލުކޮށްފިއެވެ. މިރޭ ބޭއްވުނު ރަސްމިއްޔާތުގައި އުރީދޫ އެކްސްޕީރިއަސް ސެންޓަރ (އޯއީސީ) ހުޅުވައިދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތާ ބެހޭ ވުޒާރާގެ ވަޒީރު އަލްފާޟިލް އާދަމް ޝަރީފެވެ.
ސިސިލް ގާޑަން, ދަނބު ގޯޅީގައި މިއަދު މިހުޅުވުނު އެކްސްޕީރިއަންސް ސެންޓަރާއެކު މާލޭގައި އުރީދޫގެ ރަސްމީ އެކްސްޕީރިއަންސް ސެންޓަރަކަށް ވާނީ މި ސެންޓަރު ކަމަށް އުރީދޫއިން ބުނެއެވެ. މި ސެންޓަރ ފަރުމާކޮށްފައިވަނީ އުރީދޫއިން ފޯރުކޮށްދޭ ޚިދުމަތްތައް ކަސްޓަމަރުންނަށް އެންމެ ހިތްހަމަޖެހޭ ފެންވަރުގައި ފޯރުކޮށްދެވޭނެ މާހައުލެއް ފަހިކޮށްދިނުމަށެވެ.
އުރީދޫއިން ބުނެފައިވާގޮތުގައި މި ސެންޓަރުވެސް ހުކުރުދުވަސް ފިޔަވާ ކޮންމެ ދުވަހަކު ހެނދުނު 9އިން ހަވީރު 4.30 އަދި ރޭގަނޑު 8ން 10ށް ހުޅުވިފައި ހުންނާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް