މިމަހުގެ ހަތް ވަނަ ދުވަހު ކައިވެނި ކުރި ބޮލީވުޑްގެ ބަތަލާ ކިއަރާ އަދުވާނީ މާ ދީނާއި ދުރުކޮށް އުޅޭ ކަމަށް ބުނެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.
ކިއަރާ އާއި ބަތަލް ސިދާތު މަލޯތްރާ ކައިވެނި ކުރީ އިންޑިއާގެ ރާޖިސްތާނުގައި ވަރަށް ހާއްސަ މީހުންނާއި އެކު ބޭއްވި ރަސްމިއްޔާތެއްގައި އެވެ. ދެމީހުން ކައިވެނި ކުރިކަން އިއުލާނު ކުރީ ރަސްމިޔާތު ނިމި ހަމަޖެހިލައިގެންނެވެ.
އޭގެ އެއް ދުވަސް ފަހުން ދެ ތަރިންނާއި އާއިލާ ސިދާތުގެ އާއިލާ ދިރިއުޅޭ ދިއްްލީއަށް ދިޔަ އެވެ. ފާޑުކިޔުން އަމާޒުވީ އަލަށް ސިދާތުގެ ގެއަށް އޭނާ ދިޔަ އިރު ހިންދޫ އަންހެނުން އަލަތު ކައިވެނި ކުރިކަން ރަމްޒުކޮށްދޭ އެއްވެސް ނިޝާނެއް އޭނާގެ ގައިން ފެންނަން ނެތް ކަމަށް ބުނެ އެވެ.
އެގޮތުން ކައިވެނި ކުރުމުން ޖަހާ ސިންދޫރާއި ކަރުގައި އަޅާ ފަށް ނެތް އިރު ހީނާ ފަތްކޮޅެއްވެސް އަތުގައި ނެތެވެ. އަދި ކައިވެނީގެ ތަނޑިތައްވެސް އަތުގައި ނެތް ކަމަށް ބުނެ ކިއަރާއަށް ވަނީ ފާޑުކިޔުން އަމާޒުވެފައި އެވެ.
ފާޑުކިޔާ މީހުން ބުނީ މީހާ ކިތަންމެ މޮޑާން ވިޔަސް ދީނީ ކަންކަމަށް އިހުތިރާމު ކުރަން ޖެހޭނެ ކަމަށެވެ. އަދި ކައިވެނި ކުރިކަން ދައްކައިދޭ ސިންދޫރާއި ފަށް އަޅާލައިގެން އަލަށް ފިރިމީހާގެ ގެއަށް ދިއުން ލަދު ކަމަކަށް ވަނީތޯ ސުވާލުކޮށްފައިވެ އެވެ.
މީގެ އިތުރުން ކިއަރާ ސިދާތާއި ކައިވެނި ކުރީ ބަނޑުބޮޑުވުމުން ކަމަށް ބުނެވެސް ދަނީ ފާޑުކިޔމުންނެވެ. ގިނަ ބަޔަކު ތުހުމަތު ކޮށްފައިވާ ގޮތުގައި ކައިވެންޏަށް ރާޖިސްތާނަށް ދިޔަ ދުވަހާއި ކައިވެންޏަށް ފަހު ފުރި ދުވަހު ކިއަރާ ޝޯލްއެއް އަޅައިގެން ހުރީ ބަނޑުބޮޑުކަން ފޮރުވުމުގެ ބޭނުމުގައި ކަމަށް ބުނެފައިވެ އެވެ.
ކިއަރާ އާއި ސިދާތު ކައިވެނި ކުރީ ދެ އަހަރެއްހާ ދުވަހު ރައްޓެހިވެގެން އުޅުމަށް ފަހު އެވެ. ދެމީހުން ވަނީ ކައިވެންޏަށް ފަހު މުމްބާއީގައި ދިރިއުޅެއް ގެއެއް ގަނެ، އެ ގެއަށް ދިރިއުޅުން ބަދަލުކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް