ކޯވިޑާއި ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދު ކުރުމަށްފަހު، ބޯޑަރު ހުޅުވާލި ފަހުން އެއް ދުވަހެއްގެ ތެރޭ އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައީ އިއްޔެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފި އެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ އިއްޔެ އެކަނި ރާއްޖެއަށް 8028 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށެވެ.
އަދި މިއީ ކޮވިޑަށް ފަހު އެއް ދުވަހެއްގައި އެންމެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރި ދުވަސް ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކުރެއެވެ.
މީގެ އިތުރުން މިއަހަރު އެންމެ ގިނަ ފަތުރުވެރިން އަންނަމުންދާ ރަޝިއާ އިން 28،873 ފަތުރުވެރިން ރާއްޖެ އައިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފައި ވެއެވެ.
ދެވަނަ އަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ޤައުމު ކަމުގައިވާ އިންޑިއާއިން 24،124 ފަތުރުވެރިން ރާއްޖެ އައިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް