މި މަހުގެ ހަތަރުވަނަ ދުވަހުން ފެށިގެން މާލެއިން ގެއްލިގެން ހޯދަމުން އަންނަ އާސިރު އެއާޕޯޓާއި ހަމައަށްދިޔަކަން ފުލުހުން ދެނެގެންފިއެވެ.
އެކަން ދެމުން ހާމަކުރަމުން ފުލުހުން ބުނީ ހަތަރުވަނަ ދުވަހުގެ ރޭ 7:20 ހާއިރު ބޮޑުތަކުރުފާނުމަގު، ހުޅުމާލެ ފެރީ ޓާމިނަލް ކައިރިން ހުދު ކުލައިގެ ޓެކްސީއަކަށް އަރާ މަންޒަރު ފެންނަ ކަމަށާއި އެ ޓެކްސީ ގޮސް ހުއްޓަނީ އެއާޕޯޓަށް ކަމަށެވެ.
"ޓާމިނަލަށް ވަންނަ މަންޒަރު އެއްވެސް ފުޓޭޖަކުން ފެނިފައިނުވޭ" ފުލުހުން ބުނެފައިވެއެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ އެއްވެސް އެއާލައިނަކުން ރާއްޖޭގެ އިތުރު އެއާޕޯޓަކަށް ނުވަތަ ރާއްޖެއިން ބޭރަށް ފުރާފައިވޭތޯ ބަލަމުން އަންނަ ކަމަށެވެ.
ތަފްސީލް އަންނަނީ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް