ދިވެއްސަކު އިންޑިއާ އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންދިޔަކަން އެނގިފައިވޭ: މިނިސްޓްރީ

އިންޑިއާގައި ދިވެއްސަކު އެ ގައުމުގެ އިމިގްރޭޝަން އޮފިޝަރުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމުގެ މައުލޫމާތު ލިބިފައިވާކަމުގައި ފޮރިން މިނިސްޓްރީން ބުނެފިއެވެ. މިނިސްޓްރީން އިތުރަށް ބުނެފައިވަނީ އެކަ...

12 Feb 2023 | 09:15

އިންޑިއާގައި ދިވެއްސަކު އެ ގައުމުގެ އިމިގްރޭޝަން އޮފިޝަރުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމުގެ މައުލޫމާތު ލިބިފައިވާކަމުގައި ފޮރިން މިނިސްޓްރީން ބުނެފިއެވެ.

މިނިސްޓްރީން އިތުރަށް ބުނެފައިވަނީ އެކަން ބަލަމުން އަންނަ ކަމަށެވެ.

މިނިސްޓްރީން މިހެން ބުނެފައިވާއިރު ޕްރޮގްރެސިވް ކޯލީޝަނުން ހިންގާ އިންޑިއާ އައުޓް ކެމްޕޭނުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތެއް ކަމުގައިވާ އެ ކޯލީޝަންގައި ހިމެނޭ ޕީޕީއެމްގެ ހުޅުމާލެ ދާއިރާގެ ރައީސް އަބްދުއްސަމަދު އިންޑިއާގައި އިއްޔެގެ ވަގުތެއްގައި ހިފަހައްޓާފައިވެއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި އަބްދުއްސަމަދު ހިފަހައްޓާފައިވަނީ އޭނާގެ އާއިލާ މެންބަރުންތަކަކާއެކު ބޭސްފަރުވާއަށް އިންޑިއާގެ މަނީޕާލް ހޮސްޕިޓަލުގެ ތެރޭގައި ހުއްޓައެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި އޭނާ ހިފެހެއްޓީ ޕާސްޕޯޓުގައި މައްސަލައެއް އުޅޭ ކަމަށް ބުނެއެވެ. އަދި އެ ގައުމުން އަބްދުއްސަމަދު ޑީޕޯޓް ކުރުމުގެ މަސައްކަތްވެސް ކުރަމުން އަންނަކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މިކަމާއި ގުޅޭގޮތުން ޕްރޮގްރެސިވް ކޯލީޝަނުން އަދި އެއްޗެއް ބުނެފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް