ކަނޑުމަތިން ފެށުނު ހަށިގަނޑު ވަޅުލައިފި

މި އަހަރުގެ ދެވަނަ ދުވަހު ކަނޑުމަތިން ފެނުނު ހަށިގަނޑު ވަޅުލައިފިއެވެ. މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން މިއަދު ބުނެފައިވަނީ ވ. އަތޮޅުން ފެނުނު ހަށިގަނޑުން ފުލުހުންގެ ތަހުގީގަށް ބޭނުންވާ ސާމްޕަލް...

12 Feb 2023 | 06:09

މި އަހަރުގެ ދެވަނަ ދުވަހު ކަނޑުމަތިން ފެނުނު ހަށިގަނޑު ވަޅުލައިފިއެވެ.

މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން މިއަދު ބުނެފައިވަނީ ވ. އަތޮޅުން ފެނުނު ހަށިގަނޑުން ފުލުހުންގެ ތަހުގީގަށް ބޭނުންވާ ސާމްޕަލް ނެގުމަށްފަހު އެ ހަށިގަނޑު މިހާރު ވަޅުލާފައިވާކަމަށެވެ. ވަޅުލީ ކޮން އިރަކުކަމެއް ނުބުނެއެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

މި އަހަރުގެ ދެވަނަ ދުވަހު ފުލުހުން ބުނެފައިވަނީ އެ ހަށިގަނޑަކީ ވ. އަތޮޅު ވެމްޕަރު ފަޅު ހުޅަނގު އުތުރު ފަރާތުން ކަނޑުން ފެނުނު ހަށިގަނޑެއް ކަމަށެވެ.

އެ ހަށިގަނޑުގެ އެއްވެސް އިތުރު ތަފްސީލެއް އަދި ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް