ސިވިލް ސާވަންޓުންގެ އިތުރު ބެޗެއް އިންޑިއާއަށް

އިންޑިއާގައި މުވައްޒަފުންނަށް ތަމްރީނު ދީ، ޤާބިލްކަން އުފެއްދުމަށް މަސައްކަތްކުރާ މުއައްސަސާއެއް ކަމުގައިވާ "ނެޝަނަލް ސެންޓަރ ފޯރ ގުޑް ގަވަރނަންސް" (އެންސީޖީސީ) އިން ކުރިއަށް ގެންދާ ތަމްރީނު ޕްރޮގްރާމ...

12 Feb 2023 | 03:51

އިންޑިއާގައި މުވައްޒަފުންނަށް ތަމްރީނު ދީ، ޤާބިލްކަން އުފެއްދުމަށް މަސައްކަތްކުރާ މުއައްސަސާއެއް ކަމުގައިވާ "ނެޝަނަލް ސެންޓަރ ފޯރ ގުޑް ގަވަރނަންސް" (އެންސީޖީސީ) އިން ކުރިއަށް ގެންދާ ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމަށް ސިވިލް ސާވަންޓުންގެ އިތުރު ބެޗެއް އިއްޔެ އިންޑިއާއަށް ފުރައިފިއެވެ.

މިއީ މި ތަމްރީނަށް ފުރި 21 ވަނަ ބެޗެވެ. މި ބެޗުގައި 26 މީހަކު ބައިވެރިވެއެވެ.

ސިވިލް ސާރވިސް ކޮމިޝަނުން ބުނެފައިވަނީ މި ބެޗު މި މަހުގެ 13 (މާދަމާ) އިން ފެށިގެން މި މަހުގެ 18 ވަނަ ދުވަހާއި ހަމައަށް އިންޑިއާގައި މަޑުކުރާނެ ކަމަށެވެ.

މިއީ، ދިވެހި ސިވިލް ސަރވިސް މުވައްޒަފުން ތަމްރީނު ކުރުމަށް ސިވިލް ސަރވިސް ކޮމިޝަނުން ކުރަމުންދާ މަސައްކަތުގެ ތެރެއިން 2019 ވަނަ އަހަރު އެން.ސީ.ޖީ.ޖީ އާއެކު ސޮއިކުރެވުނު އެމް.އޯ.ޔޫ ދަށުން މި ތަމްރީނުގައި ބައިވެރިވުމަށް އިންޑިއާށް ފުރި 21 ވަނަ ބެޗެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް