ހަލިމަގުގައި ވެހިކަލްތަކެއް މުޑިއަރައިފި

ބްރިޖު ހަލިމަގުގައި ވެހިކަލްތަކެއް މުޑި އަރައިފިއެވެ. ސޯޝަލް މީޑިއާގައި ހަބަރު ފަތުރަމުން އަންނަ އެނޯނިމަސް ޗެނަލް، އެމްވީ ކްރައިސިސްގައި ބުނެފައިވާގޮތުގައި މި ވެހިކަލްތައް މުޑި އަރާފައިވަނީ ބުރިޖު ހަ...

12 Feb 2022 | 17:00

ބްރިޖު ހަލިމަގުގައި ވެހިކަލްތަކެއް މުޑި އަރައިފިއެވެ.

ސޯޝަލް މީޑިއާގައި ހަބަރު ފަތުރަމުން އަންނަ އެނޯނިމަސް ޗެނަލް، އެމްވީ ކްރައިސިސްގައި ބުނެފައިވާގޮތުގައި މި ވެހިކަލްތައް މުޑި އަރާފައިވަނީ ބުރިޖު ހަލިމަގުގައެވެ.

ވީޑިއޯއިން ފެންނަގޮތުގައި ގާތްގަނޑަކަށް ހައެއް ނުވަތަ ހަތް ވެހިކަލް ފުލުފުލުގައި މުޑި އަރާފައިވެއެވެ. މަންޒަރުން ބެލެވޭގޮތުގައި އެެއީ ހުޅުމާލެއަށް އަރާ ސަރަހައްދެވެވެ. ބެލެވޭގޮތުގައި އެއް ވެހިކަލެއް މަޑުކޮށްލި ވަގުތު ފުލުފުލުން ފަހަތުން ވެހިކަލްތައް އައިސް މުޑި އެރީއެވެ.

އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވާ މަންޒަރު އެ ވީޑިއޯއިން ފެނެއެވެ. ފުލުހުން ބުނެފައިވަނީ އެކްސިޑެންޓެއް ހިނގައިގެން އުޅޭކަން އެނގޭ ކަމަށެވެ. މައުލޫމާތު ހާމަކުރާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް