ކުޑަގިރި ޕިކްނިކް އައިލެންޑްގައި 150 މީހުންގެ ޖާގައިގެ މިސްކިތެއް ބިނާކުރަނީ

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ސަރުކާރުގެ މައި ކޮންސްޓްރަކްޝަން ކުންފުނި އެމްޓީސީސީން ތަރައްޤީކުރާ ކ. ކުޑަގިރީގައި މިސްކިތެއް ބިނާކުރަން ބިންގާ އަޅައިފިއެވެ. ކުޑަގިރީގައި އިމާރާތްކުރާ 150 މީހުންގެ ޖ...

12 Feb 2022 | 11:28

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ސަރުކާރުގެ މައި ކޮންސްޓްރަކްޝަން ކުންފުނި އެމްޓީސީސީން ތަރައްޤީކުރާ ކ. ކުޑަގިރީގައި މިސްކިތެއް ބިނާކުރަން ބިންގާ އަޅައިފިއެވެ.

ކުޑަގިރީގައި އިމާރާތްކުރާ 150 މީހުންގެ ޖާގައިގެ މިސްކިތް ބިނާކުރަނީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ އެހީގައެވެ.

މި މިސްކިތުގެ ބިންގާ އެޅުއްވުމުގައި ނައިބު ރައީސް ފައިސަލް ނަސީމާއި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރާއި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް އަދި ފެނަކައިގެ އެމްޑީ އަހްމަދު ސައީދު މުހައްމަދު ބައިވެރިވެ ވަޑައިގަތެވެ.

ކުޑަގިރި ޕިކްނިކް އައިލެންޑްގެ މަސައްކަތް އަންނަ މަހު ނިންމޭނެ ކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ވަނީ ބުނެފަ އެވެ.

އެރަށުގެ މިސްކިތް އިމާރާތް ކުރާއިރު، ދަތުރުކުރާ މީހުންނަށް ޚާއްސަ ކޮށްގެން އިތުރު އެހެން ވަސީލަތްތައް ވެސް  އެ ރަށުގައި ޤާއިމްކުރާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް