ސްލޯ ސަރުކާރު މިކިޔަނީ ޖޯކަކަށް ނޫންކަމަށް ނައިފަރު ދާއިރާގެ ޕީޕީއެމްގެ މަޖިލިސް މެންބަރު އަހުމަދު ޝިޔާމު ވިދާޅުވެއްޖެއެވެ.
ޓްވިޓާގައި ޝިޔާމް މިހެން ވިދާޅުވީ، މަކުނުދޫ ދާއިރާގެ މެންބަރު ރާއީ ކުރެއްވި ޓްވީޓެއް ރީޓްވީޓް ކުރަށްވަމުންނެވެ.
ރާއީ ގެ ޓްވީޓްގައި ބުނެފައިވަނީ، ބައެއް ދާއިރާ ތަކުގެ ޕްރޮޖެކްޓްތަށް ދަނީ ފިނިހަކަ ސްޕީޑްގައިކަމަށާއި، ކޮންޓްރެކް ކުރެވިފައިވާ މުއްދަތު ފަހަނަ އަޅާ އަދި ގިނަ މަސައްކަތްތައް ވަނީ ހުއްޓި ނޫނީ ވާނުވާ ގައިކަމާއި ކޮންޓްރެކްޓް ކުރެވޭ ގޮތުން ދެން ހެދޭނެ ގޮތެއް ނެތިފައި މަންމަނަކަށްވެ ތާއަބަދަށް ނުހުރެވޭނެ ކަމަށެވެ.
ރާއީގެ މި ޓްވީޓް ރީޓްވީޓް ކުރައްވާ ޝިޔާމް ވިދާޅުވީ، ސްލޯސަރުކާރޭ މިކިޔަނީ ޖޯކަކަށް ނޫން ކަމަށެވެ. އަދި ސަރުކާރުގެ ކުންފުނިތަށް ބަނގުރޫޓްވާއިރު އެތަންތާގެ ބޮޑުން ގެ މޫނު އުޖާލާކަމަށް ޝިޔާމް ވިދާޅުވިއެވެ. މީގެ އިތުރުން ޝިޔާމް ވިދާޅުވީ، ކުން ފުނި ތަކަކީ ކޮރަޕްޝަން ފުނިޖެހިފައިވާ ހާލިތަކެއްކަމަށެވެ. އަދި އެތަންތާގެ އެމްޑީން އުޅެނީ ރައީސުލްޖުމްހޫރިއްޔާއަށް ތިއްތިދެއްކެން ކަމަށް ޝިޔާމްގެ ޓްވީޓްގައި ބުނެއެވެ.
https://twitter.com/Shiyamaldives/status/1492408747334930432?t=PNmVHUKERfu_vSl2eSt6IA&s=19
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް