މޫސުން ގޯސް ވާނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ކ. އާއި ހަމައަށް ވައިޓް ވައިޓް އެލާޓް ނެރެފިއެވެ.
މޫސުމާއިބެހޭ ޤައުމީ އިދާރާ އިން އެ ސަރަހައްދަށް ވައިޓް އެލަރޓް ނެރެފައިވަނީ މިއަދު ހަވީރު ފަހެއް ޖެހުމާއި ހަމައަށެވެ.
މި ސަމާލުގައި ވަނީ މިއަދު ފަހެއް ޖެހުމާއި ހަމައަށް ހއ. އިން ކ. އަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށްފައެވެ.
އަދިވިލާގަނޑުގައި ގަޑިއަކު 40 މޭލުގެ ބާރުމިނުގައި އެ ސަރަހައްދުތަކަށް ވައި ޖެހޭނޭކަމަށް ލަފާކޮށްފައި ވެއެވެ.
ވިލާގަނޑުގައި ކަނޑުތައް ގަދަވާނެތީ، ހާއްސަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސްކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް