އެމްޑީޕީ އެތެރޭގެ އިންތިހާބުގެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ. އެގޮތުން ހުޅުވާލާފައިމިވަނީ ޗެއާޕާސަންގެ މަގާމާއި އަންހެނުންގެ ރޫހުގެ އިންތ...

12 Feb 2022 | 09:06

މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

އެގޮތުން ހުޅުވާލާފައިމިވަނީ ޗެއާޕާސަންގެ މަގާމާއި އަންހެނުންގެ ރޫހުގެ އިންތިހާބީ މަގާމުތަކާއި އެ ޕާޓީގެ ޔޫތު ވިންގުގެ އިންތިހާބީ މަގާމުތަކަށެވެ.

އެގޮތުން އެ ޕާޓީން މިއަދު ބުނެފައިވާގޮތުގައި މި އިންތިހާބުތައް ބޭއްވުމަށް ހަމަޖެހިފައިވަނީ 16 އޭޕްރީލްގައެވެ. އެ ތާރީހަކީ އެ ޕާޓީގެ ގައުމީ މަޖިލީހުގެ އެންމެ ފަހުގެ ބައްދަލުވުމުގައި ފާސްކުރި ތާރީހެކެވެ.

އެމްޑީޕީން ބުނެފައިވާގޮތުގައި ފުރުސަތު ހުޅުވާލާފައިވަނީ މި މަހުގެ 19 ވަނަ ދުވަހުގެ ހަވީރު 4:00 ގެ ނިޔަލަށެވެ.

މިއަދު އެ ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެއްގައި ބުނެފައިވާގޮތުގައި 19ގައި ފުރުސަތު ބަންދުވާއިރު ކެނޑިޑޭޓުންގެ ލިސްޓު 22 ގައި އިއުލާނުކުރާނެއެވެ. އެއަށްފަހު ވޯޓާސް ލިސްޓް 28ގައި އިއުލާނު ކުރާނެއެވެ. އަދި ޝަކުވާއަށް ހުޅުވާލާނެއެވެ.

ޝަކުވާ ބަންދުވާނީ 10 މާރިޗްގައި ކަމަށާއި 16 މާރިޗްގައި ފައިނަލް ލިސްޓު އާންމުކުރާނެ ކަމަށްވެސް އެ ޕާޓީން މިއަދު ބުންޏެވެ.

މި އިންތިހާބުތަކުގެ ތެރެއިން އެންމެ ފޯރިގަދަވާނީ ޗެއާޕާސަން އިންތިހާބުގައި ކަމަށް ބެލެވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް