އެމްޑީޕީގެ ޗެއާޕާސަންކަމުގައި ހުންނަވާ ހަސަން ލަތީފް ކޮށްދެއްވި ހިދުމަތްތަކަށް އެ ޕާޓީން ޝުކުރުދަންނަވައިފި

އެންޑީޕީގެ ޗެއާޕާސަން ކަމުގައި ހުންނަވާ ހަސަން ލަތީފް ކޮށްދެއްވި ހިދުމަތްތަކަށް އެމްޑީޕީގެ ފަރާތުން ޝުކުރު ދަންނަވައިފިއެވެ. ހަސަން ލަތީފް އަށް ޝުކުރު ދަންނަވާ އެ ޕާޓީން ނެރުނު ބަޔާނެއްގައި ބުނީ އެމްޑ...

12 Feb 2022 | 08:22

އެންޑީޕީގެ ޗެއާޕާސަން ކަމުގައި ހުންނަވާ ހަސަން ލަތީފް ކޮށްދެއްވި ހިދުމަތްތަކަށް އެމްޑީޕީގެ ފަރާތުން ޝުކުރު ދަންނަވައިފިއެވެ.

ހަސަން ލަތީފް އަށް ޝުކުރު ދަންނަވާ އެ ޕާޓީން ނެރުނު ބަޔާނެއްގައި ބުނީ އެމްޑީޕީގެ ޗެއާޕާރސަންކަމުގެ 5 އަހަރުގެ ދައުރު ފުރިހަމަކޮށްދެއްވައި، އެ މުއްދަތުގައި މި ޕާރޓީއަށް ކޮށްދެއްވި އަގުހުރި ޚިދުމަތްތަކަށް ހަސަން ލަތީފަށް ނުހަނު އިޚްލާސްތެރިކަމާއެކު އެ ޕާރޓީން ޝުކުރުދަންނަވާކަމަށެވެ.

އެ ބަޔާނުގައި ވާގޮތުން އެ ޕާޓީގެ ޗެއާޕާސަންކަމުގެ މަގާމު ފުރިހަމަ ކުރެއްވި މުއްދަތުގައި އެ ޕާޓީއަށް ހިންގުމަށް ގިނަގުނަ ހެޔޮ ބަދަލުތަކެއް އެމަނިކުފާނު ގެންނަވާފައިވާކަން ފާހަގަ ކޮށްފައިވެއެވެ. އަދި އިދާރީ މަޤާމުތަކުގައި ތިއްބަވާ މުވައްޒަފުންގެ މެދުގައި މަޞްލަޙަތު ހިފެހެއްޓެވުމަށް އަދާކުރެއްވި ޒިންމާއިން ފެށިގެން ޕާރޓީގެ އެކިއެކި ގުނަންތައް ވަރުގަދަކުރެއްވުމާއި މެމްބަރޝިޕް އިތުރުކުރެއްވުމާއި ދިވެހިރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާރޓީގެ ގޮތުގައި އެ ޕާރޓީ ނަގަހައްޓަވައިދެއްވާފައިވާކަން އެ ޕާޓީން ނެރުނު ބަޔާނުގައި ވެއެވެ.

ޝުކުރުގެ އެ ބަޔާނުގައި ވުނެފައި ވަނީ ނިމިދިޔަ ސަރުކާރުގެ ޚުދުމުޚުތާރު އަނިޔާވެރިކަމުގެ ތެރޭގައި ވެސް އެ ޕާރޓީ ރުކުރުވާލައި، ސިޔާސީ ޙަރަކާތްތައް އެންމެ މަތީ ދަރަޖައަކަށް އިންތިޒާމްކޮށްދެއްވައި ސާބިތުކަން ހިފަހައްޓަވާދެއްވުމުގައި ޗެއާޕާރސަންގެ ހައިސިއްޔަތުން އެމަނިކުފާނު ލީޑަރޝިޕް ދައްކުވައިދެއްވާފައި ވާކަމަށެވެ. ހަމަ އެއާއެކު އެ ޕާރޓީގެ އެންމެ މުހިއްމު އެއް މަޤުޞަދުކަމުގައިވާ އެކިއެކި ޤައުމީ އިންތިޚާބުތަކަށް އެ ޕާރޓީގެ ފަރާތުން ވާދަކޮށް ހުރިހާ އިންތިޚާބެއް، ހަސަން ލަތީފްގެ ޗެއާރޕާސަންކަމުގައި ހުނަވާ، އެ ޕާރޓީއަށް ކާމިޔާބުކޮށްދެއްވާފައިވާކަން އެ ޕާޓީން ފާހަގަ ކުރެއެވެ.

އެންޑީޕީގެ ޗެއާޕާރސަން ކަމަށް އެ މަނިކުފާނު އިންތިހާބުވެ މަގާމާ ހަވާލުވެފައި ވަނީ 12 ފެބްރުއަރީ 2017 ވަނަ ދުވަހުގައެވެ. ހަމައެއާއެކު އެ ޕާރޓީގެ ޗެއާޕާރސަންކަމުގެ 5 އަހަރު ދުވަހުގެ މުއްދަތު މިހާތަނަށް އެއްކޮށް ފުރިހަމަކޮށްފައިވަނީ ހަމައެކަނި ހަސަން ލަތީފެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް