13 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި ދޮން ބައްޕަގެ ބަންދަށް 10 ދުވަސް

އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލަ އަކާއި ގުޅިގެން ހައްޔަރުކުރި އެކުއްޖާގެ ދޮންބައްޕަގެ ބަންދަށް 10 ދުވަސް ޖަހައިފި އެވެ. މިކަމާއި ގުޅިގެން ފުލުހުންގެ އިދާރާއިން ބުނެފަ...

12 Feb 2022 | 07:41

އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލަ އަކާއި ގުޅިގެން ހައްޔަރުކުރި އެކުއްޖާގެ ދޮންބައްޕަގެ ބަންދަށް 10 ދުވަސް ޖަހައިފި އެވެ.

މިކަމާއި ގުޅިގެން ފުލުހުންގެ އިދާރާއިން ބުނެފައިވަނީ ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ބުރާސްފަތި ދުވަހު، ރާއްޖޭގެ އުތުރުގެ ރަށަކަށް ނިސްބަތްވާ  އުމުރުން 33 އަހަރުގެ ފިރިހެނަކު ހައްޔަރު ކޮށްފައި ވާކަމަށެވެ.

އަދި އެމީހާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން އޭނާގެ ބަންދަށް 10 ދުވަސް ކޯޓުން ޖަހާފައި ވާކަމަށްވެސް ފުލުހުންގެ އިދާރާއިން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ މި މައްސަލަ ފުލުހުންނަށް ހުށަހަޅައިފައިވަނީ މިދިޔަ އަންގާރަ ދުވަހުގެ ވަގުތެއްގައި ކަމަށެވެ.

ކުޑަކުދިންގެ ހައްގުތަށް ކަށަވަރުކޮށްދޭ ގާނޫނުގެ ދަށުން މިފަދަ މައްސަލަ ތަކުގައި އަނިޔާ ލިބޭ ކުއްޖާގެ އައިޑެންޓީޓީ ހާމާ ކުރުމަކީ މަނާކަމެކެވެ.

ފުލުހުންގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިއަހަރުގެ މިހާތަނަށް އެކަނިވެސް ޖިންސީގޯނާގެ 34 މައްސަލައެއް ވަނީ ފުލުހުންގެ އިދާރާއަށް ހުށަހަޅާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް