މުސްތަފާ ރައީސް ސޯލިހަށް؛ 2023 ގަ ތިޔަ ގަންނަން އުޅޭ ސަކަރާތެއް ކަލެއަކަށް ނުގަނެވޭނެ

2023 ވަނަ އަހަރު ރައީސް އިބްރާހިމް މުހައްމަދު ގަންނަން އުޅޭ ސަކަރާތެއް ނުގަނެވޭނެކަމަށް ތިމަރަފުށީ ދާއިރާގެ ކުރީގެ އެމްޑީޕީ މެންބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ. މުސްތަފާ މިހެން ވިދާޅުވީ ސަރު...

12 Feb 2022 | 07:37

2023 ވަނަ އަހަރު ރައީސް އިބްރާހިމް މުހައްމަދު ގަންނަން އުޅޭ ސަކަރާތެއް ނުގަނެވޭނެކަމަށް ތިމަރަފުށީ ދާއިރާގެ ކުރީގެ އެމްޑީޕީ މެންބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.

މުސްތަފާ މިހެން ވިދާޅުވީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

މުސްތަފާގެ ޓްވީޓްގައި ރައީސް ސާލިހް އަށް އިޝާރާތް ކުރައްވާ ވިދާޅުވީ ރާއިސް ސޯލިހްގެ ކޯލިޝަން ދަމަހައްޓަނީ އޭ ކިޔައިގެން އުޅެނީވެސް  މަކަރާއި ހީލަތުން ކަމަށް އެ ފެމުނުތަކަށް އިނގޭކަމަށެވެ. ފެމުނުތަކޭ މާނަ ކުރެވެނީ މިސަރުކާރުގެ ކޯލިޝަން ޕާޓީތަކަށެވެ. ރައީސަށް ވެރިކަން ދީފިނަމަ އެ ފެނުމުނުތައް އުކާލާނެކަމަށް މުސްތަފާގެ ޓްވީޓްގައި ވަނީ ވިދާޅުވެފައެވެ.

އެންޑީޕީގެ އިސްސަފުގައި ފޯރިއާއެކު މަސައްކަތް ކުރައްވަމުން ގެންދަވާ މުސްތަފާ ވަނީ ރާއިސް ނަޝީދުގެ އިތުރުން ރާއީސް ސޯލިހް އަށް ފާޑު ވިދާޅުވެ މީގެ ދެ ދުވަސް ކުރިން ވެސް ޓްވީޓް ތަކެއްކޮށްފައެވެ. އެގޮތުން ފިޝަރީން މިނިސްޓްރީގެ އެންގުމަށް ދޫނިތަކެއް މަރާލި މައްސަލައާއި ގުޅިގެން މީހަކު ކޮށްފައިވާ ޓްވީޓެއް ރީޓްވީޓްކޮށް މުސްތޮފާ ވިދާޅުވަނީ ރައީސް ސޯލިހް އަކީ އޯގާތެރިކަމެއް، ރަހުމެއް އަދި ކުލުނެއް ހުންނަ މީހެއް ނޫން ކަމަށެވެ. އަދި 2023 ގައި ރައީސް ސޯލިހް  ގަންނަން އުޅޭ ސަކަރާތެއް ނުގެންނެވޭނެ ކަމަށް މުސްތަފާ ވިދާޅުވިއެވެ.

މީހަރަކަށް އައިސް މުސްތަފާ ދަނީ ސަރުކާރަށް، ވަކިން ހާއްސަކޮށް ދެ ރައީސްކަމަށްވާ ސޯލިހް އާއި ނަޝީދް އަށް ޓްވީޓާރް މެދުވެރިކޮށް ގިނަ ފާޑުކިޔުންތަކެއް ކިޔަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް