މުޅި ސޯޝަލް މީޑިއާގައި ކާޓޫން ފިލްޓާ !

ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތައް ކަމުގައިވާ ޓްވިޓާ، ފޭސްބުކް، އިންސްޓަގްރާމް، ސްނެޕްޗެޓް އަދި ޓިކްޓޮކްގައި ފާއިތުވި ދެތިން ދުވަހަކު މުޅިންވެސް ފެންނަނީ ކާޓޫނެވެ. ތަފާތު ފިލްޓާ އެއް ބޭނުންކޮށްގެން މިކަމު...

12 Feb 2022 | 07:10

ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތައް ކަމުގައިވާ ޓްވިޓާ، ފޭސްބުކް، އިންސްޓަގްރާމް، ސްނެޕްޗެޓް އަދި ޓިކްޓޮކްގައި ފާއިތުވި ދެތިން ދުވަހަކު މުޅިންވެސް ފެންނަނީ ކާޓޫނެވެ. ތަފާތު ފިލްޓާ އެއް ބޭނުންކޮށްގެން މިކަމުގެ ފޯރި އެންމެންވެސް ނަގަމުން، މި ފިލްޓާއަކުން މުޅި ސޯޝަލް މީޑިއާ ފުރާލައިފިއެވެ.

މި ފިލްޓާ އަކީ 2020  ގައި ވުޖޫދުވި ޕްރީކުއެލް އެޕުން އަލަށް ދޫކޮށްލި ފިލްޓާއެކެވެ. މި ފިލްޓާ އެ އެޕުން ލޯންޗުކުރީ މިދިޔަ ޖަނަވަރީ މަހުގެ 25 ވަަނަ ދުވަހުގައެވެ. މި ފިލްޓާއަށް ލިބިގެންދިޔަ މަގްބޫލުކަން ބޮޑުވުމުން ކާޓޫން ޕްލަސްގެ ނަމުގައި މިމަހުގެ ހަތަރުވަނަ ދުވަހު އިތުރު ފިލްޓާ ސެޓެއްވެސް މި އެޕުން ލޯންޗުކޮށްފައިވެއެވެ.

https://twitter.com/Prequel_app/status/1490776029140504579

މި ފިލްޓާތައް މަގްބޫލުކަން ބޮޑުވެފައިވަނީ ހަމަ އެކަނި މި ރާއްޖެއަކު ނޫނެވެ. ދުނިޔޭގެ އެކި ހިސާބުތަކުގައި މި ފިލްޓާ އަންނަނީ ޓްރެންޑްވަމުންނެވެ. ބެލެވޭގޮތުގައި މި ހިނގާ 2022 ވަނަ އަހަރު އެންމެ ޓްރެންޑް ވާނެ އެއް ކަމެއްގެ ގޮތުގައި މި ފިލްޓާ ސެޓްތައް ވާނެކަމުގައި ބެލެވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް