ވޯޓުލާމީހުންގެ ތިރީސް ޕަސެންޓުން ވެރިކަމަށް އާދެވޭގޮތް ހެދިޔަސް އެމްޑީޕީއަަކަށް ދެނެއް މިޤައުމުގެ ވެރިކަމަށް ނާދެވޭނެ ކަމަށް ޕީއެންސީގެ ރައީސް އަބްދުރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
އަދުރޭ ވިދާޅުވީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވައިލައި ރ. މީދޫގައި އިއްޔެ ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.އަދުރޭ ވިދާޅުވީ ތިރީސް ޕަސެންޓުން ވެރިކަމަށް އާދެވޭ ގޮތަށް ގާނޫނު ބަދަލު ކުރިއަސް ދެން އެމްޑީޕީއަށް ވެރިކަން ނުލިބޭނެކަމަށެވެ.
އެގޮތުން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ބޮޑުތަކުން ކާމިޔާބު ކުރައްވާނީ ވެސް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ލީޑަރު ރައީސް ޔާމީންކަމަށެވެ. އަދި ރާއްޖޭގެ ވެރިކަމާ ކުޑަ ބޭރުވެސް އެމްޑީޕީއަކަށް ނޭރޭނެ ކަމުގައި ވިދާޅުވެ، ރައްޔިތުން ތިބީ އެޔަށްވުރެ "ހޭލާ" ކަމުގައި އަދުރޭ ވިދާޅުވިއެވެ.
މީގެ އިތުރުން ކޮމަންޑޫ ދާއިރާގެ އިންތިހާބުން މިނިސްޓަރ އިމްރާނާއި ރައީސް ޞާލިޙަށް ވެސް އެ މީހުންގެ ސައިޒު އެނގިއްޖެކަމަށާއި ރާއްޖޭގައި އެމްޑީޕީގެ ސައިޒަކީ 30 ޕަސެންޓް ކަމުގައި އޭނާ ވިދާޅުވިއެވެ. އަދި މުޅި ދައުލަތާއި ކޯލިޝަންގައި އޮތް ހުރިހާ ޕާޓީތަކަކާއި މަސައްކަތް ކޮށްގެން ވެސް ލިބުނީ 47 ޕަސެންޓް ވޯޓް ކަމަށް އަދުރޭ ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް