ދުނިޔޭގެ މަޝްޙޫރު ފުޓްބޯޅަ ތަރިންގެ ޖާޒީ ގަތުމަކީ އަބަދުވެސް އެކުލަބެއްގެ ނުވަތަ އެ ކުޅުންތެރިއަކަށް ސަޕޯޓުކުރާ ސަޕޯޓަރުން ކުރަމުން އަންނަ ކަމެކެވެ. އެގޮތުން ނިމިގެން ދިޔަ އަހަރަކީ ދުނިޔޭގެ ޓްރާންސްފާ ބާޒާރުގައި ފާހަގަކޮށްލެވުނު އަހަރެކެވެ.
ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ ކުލަބު ބަދަލުކުރުން ވެގެން ދިޔައީ ދުނިޔޭގެ ފުޓްބޯޅައަށް ލޯބިކުރާ ގިނަ ބަޔަކަށް ބޮޑު ހައިރާންކަމެއް ނެގުނުވި ކަމަށެވެ. ކްރިސްޓިއާނޯ ރޮނާލްޑޯ އިޓަލީގެ ޔުވެންޓަސް އިން އޭނާގެ ކުރީގެ ކުލަބު މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވިއިރު، މެސީ އޭނާގެ ޒަމާންވީ އެންމެ ލޯބިވާ ކުލަބު ސްޕެއިންގެ ބާސެލޯނާ ދޫކޮށް ފްރާންސްގެ ޕީއެސްޖީއަށް ވަނީ ބަދަލުވެފައެވެ.
މީގެން ކޮންމެ ކުޅުންތެރިއަކީ ވެސް ދުނިޔޭގެ ނިސްބަތުން އެންމެ ފޭނުން ގިނަ ދެ ކުޅުންތެރިންނެވެ. އެގޮތުން މި ކޮންމެ ޓްރާންސްފާ އަކާއި ގުޅިގެން ވެސް މި ދެ ކުޅުންތެރިން ބަދަލުވާ ކުލަބަކުން މި ދެ ކުޅުންތެރިންގެ ނަމާއި ނަމްބަރު ޖަހާފައިވާ ޖާޒީ ވިއްކުމުގެ ހަރަކާތްތައް ކުރިޔަށް ގެންދެއެވެ.
ރިޕޯޓުތަށް ބުނާ ގޮތުން ނިމިގެން ދިޔަ އަހަރު އެންމެ ގިނަ އަދަދަކަށް ވިކިފައިވަނީ މެސީ ޕީއެސްޖީގައި 30 ނަމްބަރު ޖަހާފައިވާ ޖާޒީއެވެ. އެގޮތުން ނިމިގެން ދިޔަ އަހަރު މެސީގެ 1,200,000 ޕީއެސްޖީ ޖާޒީ ވަނީ ބާޒާރުގައި ވިކިފައެވެ.
މެސީއާއި ޖެހިގެން ދެވަނަ އަށް އެންމެ ގިނައިން ވިކިފައިވަނީ ރޮނާލްޑޯގެ ޖާޒީއެވެ. ރިޕޯޓުތައް ބުނާ ގޮތުން ނިމިގެން ދިޔަ އަހަރު ރޮނާލްޑޯ ޔުނައިޓެޑްގެ ހަތް ނަމްބަރު ޖަހާފައިވާ 1,050,000 ޖާޒީ ވަނީ ވިކިފައެވެ.
ތިން ވަނައަށް އެންމެ ގިނައިން ވިކިފައިވަނީ ޖަރުމަނުގެ ބަޔާން މިޔުނިކަށް ކުޅެމުން އަންނަ ޕޮލެންޑްގެ ތަރި ލެވެންޑޯސްކީގެ 10 ނަމްބަރ ޖާޒީއެވެ. އެގޮތުން ނިމިގެން ދިޔަ އަހަރު ލެވެންޑޯސްކީގެ 970,000 ޖާޒީ ވަނީ ވިކިފައިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް