އަންހެނުންގެއުފެއްދުންތަށް އިތުރުކުރުމަށް މާލޭގައި އަންހެން ކަނބަލުން ހިނގާނެ މާރުކޭޓްތަކެއް ތަރައްޤީކުރުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ފަށައިފިއެވެ.
އިއްޔެބޭއްވު ނޫސްވެރިންގެ ބައްދަލުވުމެއްގައި މުއިއްޒު ވިދާޅުވީ އަންހެނުންނަށް ހާއްސަކުރެވިގެން މާރުކޭޓްތައް ތަރައްގީކުރަން ކައުންސިލްގެ އެކްޝަންޕްލޭނާ އެއްގޮތަށް މަސައްކަތް ކުރިޔަށް ދާކަމަށެވެ.
މުއއްޒު މި މާރކޭޓްތަކީ މާލޭގެ އެކި އަވަށް ތަކުގައި އެޅިގެންދާނެ މާރުކޭޓްތަކެއްކަމަށެވެ. އަންހެނުން ބާރުވެރިކޮށް، އިތުރު ޢާމްދަނީ ހޯދުމަށް މަގުފަހިކޮށްދިނުމަށް ކުރާ މަސައްކަތެއްކަމަށެވެ.
މުއިއްޒު ވިދާޅުވީ ރޯދަމަހަށް މި މާރްކޭޓްތަކުން ހިދުމަށް ލިބިގެން ދާނެކަމަށެވެ. މި މާރުކޭޓުތައް ހިންގާ، ބެލެއްޓުމުގެ ހުރިހާ މަސައްކަތްތައްވެސް ކުރާނީ އަންހެނުންކަމަށް މުއިއްޒު ވިދާޅުވިއެވެ. މުޢިއްޒު ވިދާޅުވީ މާރުކޭޓުތަކުގެ ޚިދުމަތް ފެށުމުގެ ކުރިން، މި މަސައްކަތުގައި ޝާމިލްވާނެ އަންހެނުންގެ ގްރޫޕެއް ނެގުމުގެ މަސައްކަތްވެސް ސިޓީ ކައުންސިލުން ކުރާނެކަމަށެވެ.
މިއީ އަންހެނުން ބާރުވެރިކޮށް، އިތުރު ޢާމްދަނީ ހޯދުމަށް މަގުފަހިކޮށްދިނުމަށް ކުރާ މަސައްކަތެއް ކަމަށް މުއިއްޒު ފާހަގަކުރެއްވިއެވެވ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް