ބޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ ރަންބީރު ކަޕޫރާއި އާލިއާ ބަޓް ސިއްރުން ކައިވެނި ކޮށްފައިވާ ކަމަށް ބެލެވެން ފަށައިފި އެވެ.
ދެ ތަރިންގެ މެދުގައި ލޯބީގެ ގުޅުން އުފެދުނީ ފިލްމު "ބްރަހްމާސްޓްރާ" ގެ ޝޫޓިންގެ ތެރެއިންނެވެ. އޭގެ ފަހުން ވަރަށް ފާޅުގައި ދެމީހުން ލޯބީގެ ގޮތުން ގުޅުން ބާއްވަމުން ދިޔައިރު އަބަދުވެސް ބުނަމުން ދިޔައީ ވަރަށް އަވަހަށް ކައިވެނި ކުރާނެ ކަމަށެވެ.
އެކަމަކު އާއިލާ އާއި ރަންބީރުގެ ފިލްމީ މަސައްކަތްތަކާއި ހެދި ދެ ތަރިންގެ ކައިވެނި އައީ ފަސް ކުރަމުންނެވެ. އެންމެ ފަހުން ކައިވެނި ކުރާނެ ދުވަހާއި ގުޅޭގޮތުން ސުވާލު ކުރުމުން އާލިއާ މިވަނީ އެންމެންނަށް ހައިރާން ކުރުވާފަދަ ޖަވާބެއް ދީފަ އެވެ.
އާލިއާ މީޑިއާގައި ބުނީ އޭނާ އާއި ރަންބީރު ކައިވެނިކޮށްގެން އުޅޭކަމަށް ގަބޫލު ކުރާތާ އަހަރުތަކެއް ވެއްޖެ ކަމަށެވެ. ހަމަ މިގޮތަށް ރަންބީރުވެސް ވަނީ މިދިޔަ އަހަރުގެ ފަހުކޮޅު ދިން އިންޓަވިއުއެއްގައި ކޯވިޑް ނައިނަމަ އެ ދެމީހުން ތިބޭނީ މިހާރު ކައިވެނިކޮށްގެން ކަމަށް ބުނެފަ އެވެ.
ރަންބީރާއި އާލިއާގެ ކައިވެނި މިދިޔަ ޑިސެމްބަރު މަހުވެސް ކުރަން އުޅުނެވެ. އެ ފަހަރު ލަސްކުރީ ފިލްމުތަކެއްގެ މަސައްކަތް މެދުކަނޑާލެވެން ނެތިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް