ދުނިޔޭގެ އެންމެ ބަރު އަންހެން މީހާ އަކީ މިސްރަށް އުފަން އުމުރުން 36 އަހަރުގެ އީމާން އަހުމަދެވެ.
އޭނާގެ ބަރުދަނުގައި 500 ކިލޯ ގްރާމް އެ ބަހުއްޓެވެ. ބަރުކަމުން އަމިއްލައަށް ހިނގާ ބިނގާވެ ނޫޅެވޭތީ ގެއިން ނުނިކުމެ އޮންނަތާ މިހާރު 25 އަހަރު ވެއްޖެ އެވެ.
އޭނާ ދިރިއުޅޭ އިމާރާތުގެ ބައެއް ހަލާކު ކޮށްލައިގެން ކެރޭނެއްގެ އެހީގައި އީމާން ނެރެގެން އިއްޔެ ވަނީ އޭނާގެ ބަރުދަން ލުއި ކުރުމަށް އިންޑިއާއަށް ގެންގޮސްފައި އެވެ. ބަރުދަންލުއި ކުރުމަށް ކުރަންޖެހޭ އޮޕަރޭޝަން ކުރުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ މުމްބާއީގެ ސައިފީ ހޮސްޕިޓަލުގައި އެވެ.
ހިލޭ ކޮށްދޭ މި އޮޕަރޭޝަން ކުރުމަށް އީމާން ބޭއްވުމަށް ސައިފީ ހޮސްޕިޓަލުގައި ވަނީ ހާއްސަ އެނދެއް ތައްޔާރުކޮށްފައި އެވެ. އަދި އިންޑިއާއަށް އީމާން ގެންދިއުމަށް ހަމަޖެހިފައިވާ އިޖިޕްޓް އެއާވޭސްއިންވެސް ވަނީ ފްލައިޓު ތައްޔާރީ ހާލަތަށް ގެނެސްފައި އެވެ. އަދި ސައިފީ ހޮސްޕިޓަލުގެ ޑޮކްޓަރުންގެ ޓީމެއް ވަނީ އީމާން ދަތުރަށް ތައްޔާރު ކުރުމުގެ ގޮތުން ހަފްތާއެއްހާ ދުވަސް ކުރިން މަސައްކަތް ފަށާފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް