ރާއްޖެއަށް އެތެރެކުރި 1.5 ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ދެ މީހުންގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ.
މިދިޔަ އަންގާރަ ދުވަހު ހައްޔަރު ކުރި އެ ދެމީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ދީފައި ވަނީ އިއްޔެގެ ވަގުތެއްގަ އެވެ.
ބެންގަލޫރުން މާލެ އައި އުމުރުން 21 އަހަރުގެ އަންހެންމީހާ އަތުން މަސްތުވާތަކެތި ފެނުނީ އޭނާގެ ފޮށި ތަންމަތި ބަލައި ފާސްކުރި އިރު އޭނާގެ ދަބަހުގައި ހުރި ޑައެޓްރީ ފައިބަރ ދަޅުތަކެއްގެ ތެރެއިންނެވެ. އަދި ދަޅުތަކުގެ ތެރޭގައި ފޮރުވާފައިވާ ހަތަރު ޕެކެޓް ހެރޮއިންގެ ބަރުދަނުގައި ޕެކިންގ އާއެކު 758 ގްރާމް ހުރި ކަމަށް ކަސްޓަމްސް އިން ބުންނެވެ.
ކަސްޓަމަސްއިން ބުނީ، އެއަންހެން މީހާއާއި އެކު އައި އުމުރުން 22 އަހަރުގެ ދިވެހި ފިރިހެންމީހާގެ އަތުން މަސްތުވާތަކެތި ފެނުނީ އެމީހާގެ ފޮށީގައި ހުރި ޑައެޓްރީ ފައިބަރ ސަޕްލިމެންޓް ދަޅުތަކެއްގެ ތެރެއިން ކަމަށާއި އެ ދަޅުތަކުގެ ތެރެއިން ހަތަރު ޕެކެޓް ހެރޮއިން ފެނިފައިވާ ކަމަށެވެ. އަދި އެތަކެތީގެ ބަރުދަނުގައި ޕެކިންގ އާއެކު 768 ގްރާމް ހުރި ކަމަށް ކަސްޓަމަސްއިން މައުލޫމާތު ދެއެވެ.
އެ މައްސަލަ ބެލުން ކަސްޓަމްސް އިން ވަނީ ފުލުހުންނާއި ހަވާޅު ކޮސްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް