ރަންބީރާއި ކެޓްރީނާގެ ގުޅުން އާންމު ނުކުރަނީ ކެޓްރީނާ ބިރުގަންނާތީ!

ބޮލީވުޑްގައި މަޝްހޫރު ދެ ލޯބިވެރިން ކަމަށްވާ ރަންބީރު ކަޕޫރާއި ކެޓްރީނާ ކައިފް ކައިވެނީގެ ގޮތުން ގުޅެން އުޅޭކަން ރަސްމީކޮށް ހާމަނުކުރާ ކެޓްރީނާގެ މަޝްހޫރު ކަން ގެއްލިދާނެތީ ކަމަށް ރިޕޯޓުތައް ބުނަން ފަ...

12 Feb 2015 | 05:00

ބޮލީވުޑްގައި މަޝްހޫރު ދެ ލޯބިވެރިން ކަމަށްވާ ރަންބީރު ކަޕޫރާއި ކެޓްރީނާ ކައިފް ކައިވެނީގެ ގޮތުން ގުޅެން އުޅޭކަން ރަސްމީކޮށް ހާމަނުކުރާ ކެޓްރީނާގެ މަޝްހޫރު ކަން ގެއްލިދާނެތީ ކަމަށް ރިޕޯޓުތައް ބުނަން ފަށައިފި އެވެ.

ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ބައެއް ވެބްސައިޓްތަކުން ބުނާގޮތުގައި އެ ދެތަރިން އެކުގައި އެއް ގެއެއްގައި ދިރިއުޅެން ފެށިވާހަކަ އާއި އެންގޭޖްވި ކަމަށް ދެކެވޭ ވާހަކަތައް މީޑިއާގައި ހާމަ ނުކުރަނީ ކެޓްރީނާގެ މަޝްހޫރުކަން ގެއްލިދާނެތީ އެވެ. އަދި ކައިވެނި ކުރާ ދުވަހެއް ކަނޑައަޅާފައި ވީނަމަވެސް އެކަން ހާމަ ނުކުރަނީވެސް އެ ސަބަބާއި ހެދި ކަމަށް ވުމަކީ އެކަށީގެންވާ ކަމެއްކަމަށެވެ.

ރިޕޯޓުތައް ބުނާގޮތުން ބޮލީވުޑްގައި ކިތަންމެ މަޝްހޫރަސް މީހަކާ އިނުމުން ފިލްމްތަކުން ލީޑްރޯލް ކުޅެން އަންހެން ތަރިންނަށް ލިބުމުން މަޑުޖެހިލައެވެ. އެގޮތުން ރަނގަޅު ސްކްރިޕްޓްތައް ލިބުމުން މަޑު ޖެހޭއިރު ފިލްމް އުފައްދާ ބައެއް މީހުންވެސް ކައިވެނި ކޮށްގެން އުޅޭ އަންހެން ތަރިންލައްވާ ފިލްމް ކުޅުވާކަށް ބޭނުމެއް ނުވެ އެވެ.

ކެޓްރީނާގެ މަޝްހޫރުކަން ގެއްލިދާނެތީ ރަންބީރާއި އޭނާގެ ގުޅުމުގެ ވާހަކަ މިހާތަނަށްވެސް ރަސްމީކޮށް އިއުލާންކޮށްފައި ނުވާކަމަށް ރިޕޯޓުތައް ބުނާއިރު ދެން އެންމެ އަވަހަށް ނުކުންނަ ކެޓްރީނާ ލީޑް ރޯލް ކުޅޭ އަބީޝެކް ކަޕޫރުގެ "ފިތޫރް"ގެ ޝޫޓިންގ ކުރިޔަށް ދާ ދުވަސްވަރު ރަންބީރަށް ކެޓްރީނާ އާއި ބައްދަލު ނުކުރުމަށް އެ ފިލްމް އުފައްދާ ފަރާތުން ވަނީ އަންގާފައި އެވެ.

އެފަދަ އެންގުމެއް އަންގާފައި ވުމުންވެސް ކެޓްރީނާ އާއި ރަންބީރުގެ ގުޅުން ސިއްރެއްގެ ގޮތުގައި ދުވަސްތަކެއްގައި ބޭއްވުމަކީ އެކަށީގެންވާ ކަމެއްކަމަށް ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް