އައިލެންޑް އޭވިއޭޝަނުން އޮޕަރޭޓް ކުރަމުން އަންނަ މާފަރު އިންޓަނޭޝަނަލް އެއާޕޯޓް – 2024 ޑިސެމްބަރު މަހު އެކަނި ޕްރައިވެޓް 98 ޖެޓު ޖެއްސި

ނިމިދިޔަ 2024 ވަނަ އަހަރުގެ ޖޫން މަހުން ސެޕްޓެމްބަރު މަހަށް މާފަރު އިންޓަނޭޝަނަލް އެއާޕޯޓު، ރަންވޭ މަރާމާތަށް ބަންދުކުރިނަމަވެސް 2024 ވަނަ އަހަރަކީ އެ އެއާޕޯޓަށް ފާގަތި ކާމިޔާބު އަހަރެއްކަމުގައި އައިލ...

12 Jan 2025 | 17:38

ނިމިދިޔަ 2024 ވަނަ އަހަރުގެ ޖޫން މަހުން ސެޕްޓެމްބަރު މަހަށް މާފަރު އިންޓަނޭޝަނަލް އެއާޕޯޓު، ރަންވޭ މަރާމާތަށް ބަންދުކުރިނަމަވެސް 2024 ވަނަ އަހަރަކީ އެ އެއާޕޯޓަށް ފާގަތި ކާމިޔާބު އަހަރެއްކަމުގައި އައިލެންޑް އޭވިއޭޝަނުން ފާހަގަކުރެއެވެ.

އެންމެ ފާހަގަކޮށްލަންޖެހޭ އެއް ކަމަކި އަހަރު ނިމިގެންދިޔައިރު ޑިސެމްބަރުމަހު އެކަނިއެ އެއާޕޯޓަށް ޕްރައިވެޓް 98 ޖެޓު ޖެއްސިކަމެވެ. މިކަމުން ދޭހަކޮށްދެނީ މަތީ ފަންތީގެ "ލަގްޒަރީ ފަތުރުވެރިންނަށް" އިންޓަނޭޝަނަލް އެއާޕޯޓެއް އެ ސަރަހައްދުގައި އޮތުމުގެ މުހިންމުކަމެވެ. ނޫނު އަތޮޅުގައި ހިންގަމުން އަންނަ މަތީ ފަންތީގެ ރިސޯޓްތަކަށް މަތީ ފަންތީގެ ފަތުރުވެރިންނަށް މަގުކޮށައިދޭ މައި ގޭޓަށް މާފަރު އިންޓަނޭޝަނަލް އެއާޕޯޓު ނިމިދިޔަ އަހަރު ވެގެންދިޔައެވެ.

އެ އެއާޕޯޓަށް މިދިޔަ އަހަރު ލިބިގެންދިޔަ ތަރުހީބާއިމެދު އެ އެއާޕޯޓުގެ ޖެނެރަލް މެނޭޖަރ މުމްތާޒް އަލީ ވިދާޅުވީ "ލަގްޒަރީ އޭވިއޭޝަން ހަބް" އެއްގެ ގޮތުގައި އެ އެއާޕޯޓް ފާހަގަވެގެންދާދިއުމަކީ ލިބޭ އެންމެ ބޮޑު ކުރިއެރުން ކަމަށެވެ. އެ އެއާޕޯޓު އިތުރަށް ތަރައްޤީ ކުރެވި ޕްރައިވެޓް ޖެޓުތަކާއި އާންމު އޮޕަރޭޝަނަށް މަގުފަހިވާނެ ފަހި ބަދަލުތަކެއް ކުރިއަށްއޮތްތާނގައި ފެނިގެންދާނެކަންވެސް ޖެނެރަލް މެނޭޖަރ ފާހަގަކުރައްވައެވެ.

މާފަރު އިންޓަނޭޝަނަލް އެއާޕޯޓު ވެގެންމިދަނީ ރާއްޖޭގެ ފަތުރުވެރިކަމަށް ހުޅުވައިލެވިގެންދާ އިތުރު ދޮރާއްޓަކަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް