ބީއެމްއެލް އިން މާސްޓާކާޑް ކަސްޓަމަރުންނަށް ކޮލޮމްބޯ ފެޝަން ވީކް ގައި ބައިވެރިވުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް

ބޭންކް އިފް މޯލްޑިވްސްގެ މާސްޓަރކާޑު ބޭނުންކުރާ ކަސްޓަމަރުންނަށް ކޮލޮމްބޯ ފެޝަން ވީކްގައި ބައިވެރިވުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ހުޅުވައިލައިފިއެވެ. ކޮލޮމްބޯ ފެޝަން ވީކް ބޭއްވުމަށް ހަމަޖެހިފައިވަނީ...

12 Jan 2025 | 17:14

ބޭންކް އިފް މޯލްޑިވްސްގެ މާސްޓަރކާޑު ބޭނުންކުރާ ކަސްޓަމަރުންނަށް ކޮލޮމްބޯ ފެޝަން ވީކްގައި ބައިވެރިވުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ހުޅުވައިލައިފިއެވެ. ކޮލޮމްބޯ ފެޝަން ވީކް ބޭއްވުމަށް ހަމަޖެހިފައިވަނީ 19 އިން 22 ފެބުރުވަރީ 2025 ގައެވެ.

ބީއެމްއެލްއިން ބުނެފައިވަނީ އެ ބޭންކުން ދޫކޮށްފައިވާ މާސްޓާކާޑް ޑެބިޓް ނުވަތަ ކްރެޑިޓް ކާޑު ބޭނުންކޮށްގެން މޮ ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ ކަމަށެވެ.

މި ޕްރޮމޯޝަނުން ހޮވޭ ނަސީބުވެރިއަކާއެކު އިތުރު ބައިވެރިއަކަށް ކަނޑައެޅިފައިވާ އިނާމުތަކަކީ:

  • ދެ މީހަކަށް ބިޒްނަސް ކްލާސް ދެކޮޅު ޓިކެޓު
  • ފަސް ތަރީގެ ހޮޓަލެއްގައި ހުރުން
  • އިވެންޓުގެ ވީވީއައިޕީ ސީޓިން
  • ހާއްސަ ކަލިނަރީ އަދި އެހެނިހެން ތަޖުރިބާތައް

މި ޕްރޮމޯޝަން ކުރިއަށްދާނީ 2 ފެބުރުވަރީ 2025 ނިޔަލަށް ކަމުގައި އެ ބޭންކުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް