މިއަދު ސޯޝަލް މީޑިއާގެ އެކި މަންސަ ތަކުގައި މިފޮޓޯއެއް އެބަ ދައުރު ކުރެއެވެ. ބައެއް ޕޯސްޓްތަކުގައި ބުނަނީ އެއީ މިސްކިތެއް ކަމަށެވެ. ބައެއް ޕޯސްޓްތަކުގައި ބުނަނީ އެއީ ކީރިތި ޤުރްޢާން އުނގަންނައިދޭ މަރުކަޒެއް ކަމަށެވެ.
އެހެންނަމަވެސް މި ފޮޓޯއަކީ މިހާރު އެމެރިކާގެ ލޮސް އެންޖަލިސްގައި އަނދަމުން އަންނަ އަލިފާނާ ގުޅުންހުރި ފޮޓޯއެއް ނޫނެވެ. މި ފޮޓޯއަކީ 2023 ވަނަ އަހަރުގެ އޯގަސްޓްމަހު ހަވާއީގައި ހިނގި އަލިފާނުގެ ހާސިދާގައި ހަވާއީގެ މައޫއީއަށް ނިސްބަތްވާ ގެއެކެވެ.
ހުރިހާ ގެއެއް އެނދިއިރުވެސް މި ގެ ނާނދާ ހުރިކަމަށް ވަނީ ގެ ވަށައިގެން އަކިރިލާފައި ވުމުންނާއި ދަގަނޑު ރަތް ޓިނުން ގޭގެ ފުރާޅު ހަދާފައިވުމުންނާއި އަދި ގޭގެ ވަށައިގެން މާ ގާތުގައި ގަސްތައް ނެތުމުން ކަމަށް ބުނެއެވެ. އެހެން ނަމަވެސް މިއީ ހައިރާންކުރުވަނިވި ކަމެއްގެ ގޮތުގައި އޭރުވެސް ބޭރުގެ މީޑިއާތަކުން ރިޕޯޓުކުރިއެވެ.
ދެވަނަ ކަމަކީ މިއީ މިސްކިތެއް ނޫންކަމެވެ. އަދި ހަމަ އެހެންމެ މިއީ ޤުރުޢާން އުނގަންނައިދޭ މަރުކަޒެއްވެސް ނުމެ ނޫންމެއެވެ. އެއީ ހަމަ އެ ސަރަހައްދުގެ އާއްމު އާއިލާއަށް ނިސްބަތްވާ ގެ އެކެވެ.
ގުޅުންހުރި ބައެއް ލިންކްސް:
https://www.npr.org/2023/08/24/1195331310/red-roof-house-fires-lahaina-hawaii
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް