ތިން މަސްތެރޭގައި މުވައްޒަފުންނަށް މުސާރަ ދޭނަން، ވިޔަފާރީ ހަލާކު ކުރުމަށް އާއިލާގެ ތެރެއިން ދަނީ ބަޔަކު މަސައްކަތް ކުރަމުން: ސައުތް ތައުފީގް

ކުރިއަށް އޮތް ތިން މަސް ދުވަހު ތެރޭގައި މުވައްޒަފުންނަށް ދެބައި ކުޅަ އެއް ބަޔަށް ވުރެން ބޮޑަށް މުސާރަ ދީ ހަލާސް ކުރާނެ ކަމަށް މުހައްމަދު ތައުފީގް (ސައުތު ތައުފީގް) ބުނެފިއެވެ. އޭނާ މިފަދައިން ބުނީ އޭނ...

12 Jan 2025 | 11:01

ކުރިއަށް އޮތް ތިން މަސް ދުވަހު ތެރޭގައި މުވައްޒަފުންނަށް ދެބައި ކުޅަ އެއް ބަޔަށް ވުރެން ބޮޑަށް މުސާރަ ދީ ހަލާސް ކުރާނެ ކަމަށް މުހައްމަދު ތައުފީގް (ސައުތު ތައުފީގް) ބުނެފިއެވެ.

އޭނާ މިފަދައިން ބުނީ އޭނާގެ ޓިކްޓޮކް އެކައުންޓުގައި ކުރި ޕޯސްޓެއްގައެވެ. އޭނާ މި ޕޯސްޓުކޮށްފައި މިވަނީ އޭނާގެ ވިޔަފާރީއެއް ކަމަށްވާ ސައުތް ކޭޓަރިންގެ މުވައްޒަފުންގެ މުސާރަ ނުދީ އެތައް މަސް ދުވަސް ތަކެއް ވެފައިވާތީ، އެތަނުގެ މުވައްޒަފުން މިދިޔަ ހުކުރު ދުވަހު މަގުމަތީގައި މުޒާހަރާކޮށްފައި ވަނިކޮށެވެ.

އެކަމާއި ގުޅިގެން އޭނާ ބުނީ ، ކޮވިޑްގެ ދުވަސްވަރު ވަރަށް ބޮޑަށް ވިޔަފާރީއަށް ދަތިވެފައިވާތީ މި ސަރުކާރު ފެށުނު ފަހުން މުސާރަ ނުދެވި ބައެއް މަސްތައް އެބަހުރިކަމަށެވެ. އެހެން ނަމަވެސް މިއަހަރު ފެށުނު ފަހުން ކުރިއަށް އޮތް ތިން މަހެއްހާ ދުވަހު މުސާރާއިގެ ދެބައިކުޅަ އެއްބަޔަށް ވުރެން ބޮޑަށް މުސާރަ ދީ ހަލާސް ކުރާނެ ވާހަކަ އޭނާ ވާނީ މީގެކުރިން މުވައްޒަފުންނާއި ދައްކާފައވާި ކަމަށް އޭނާ ބުންޏެވެ.

" އަޅުގަނޑު އެކުންދިންނަށް ޔަގީންކަން ދިނިން ﷲ އިރާދަފުޅުން މި އާ އަހަރު ލައިގަނެގެން ތިން މަހެއްހާ ދުވަހުގެ ތެރޭގައި މުސާރައިގެ ނުދީ ހުރި ފައިސާގެ ދެބައިކުޅަ އެއް ބަޔަށް ވުރެން ބޮޑު އެއްޗެއް ދީ ނިންމާނަން ކަމަށް، އެގޮތަށް ހުރިހާ ކުދިންވެސް ގަބޫލު ކޮށްގެން ތިބީ،އެގޮތަށް އެކަން ނިންމާއިގެން ހުއްޓާ ކުއްލިއަކަށް ބަލިވެގެން ބެންގަލޫރަށް ފުރަން ޖެހުނީ."

މުވައްޒަފުން މުޒާހަރާ ކުރުމުން އޭނާ ވަރަށް ދެރަވެ ލަދު ގައިން ކަން ފާހަގަ ކުރަމުން އޭނާ ބުނީ އޭނާގެ އާއިލާ ތެރެއިން ބަޔަކު އޭނާގެ ވިޔަފާރީ ހަލާކު ކުރުމަށް މަސައްކަތްތަކެއް ކުރަމުން ދާ ކަމަށެވެ.

އޭނާގެ އާއިލާ ތެރެއިން ބަޔަކު ވިޔަފާރީ ހަލާކު ކުރުމަށް މަސައްކަތް ކުރަނީ އެއީ އޭނާގެ ދަރިންގެ މަންމަ ނޫން އެހެން މީހަކާ ކައިވެނިކޮށްގެން އުޅޭތީ ކަމަށް އޭނާ ބުންޏެވެ. އަދި އެކަމާ ހިތްހަމަ ނުޖެހިގެން އުޅެނީ ވަރަށް މަދު ކުއްޖެއް ކަމަށާއި އެހެން ކުދިން ރަގަނޅުކަން އޭނާ ފާހަގަ ކުރިއެވެ.

މީގެއިތުރުން އޭނާ ބުނީ އޭނާއަކީ ބަޔަކަށް އޮޅުވާލާއިގެން މުސާރަނުދީ އުޅޭނެ މީހެއް ނޫން ކަމަށެވެ. އަދި ވަރަށް އަވަހަށް މުވައްޒަފުންގެ މުސާރަ ދީ ހަލާސް ކުރާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.

އެގޮތުން އޭނާ ވަނީ ހަގީގަތާއި ހިލާފު ވާހަކަތައް ޖަހާ މައްސަލަތައް ސަރުކާރުން ބަލާ އެފަދަ ކަންކަމަށް ގާނޫނީ ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް