މަގުމަތިން ދިޔަ މީހަކު އަންހެން ކުދިން ތަކެއްގެ އަތުގައި ހިފުމުން6000ރ އިން ޖޫރިމަނާ ކުރުމަށް ފޭދޫ ކޯޓުން އަމުރުކޮށްފިއެވެ.
ފޭދޫ ކޯޓުން އެ ރަށު ޒުވާނަކަށް ހުކުމްކުރީ ސައިކަލެއްގައި ދިޔަ ދެ އަންހެން ކުއްޖެއްގެ އަތުގައި ހިފައި އެއް ކުއްޖެއްގެ މޭމަތީގައި އަތްލި މައްސަލައެއްގައެވެ. އޭނާގެ މައްޗަށް ދައުލަތުން ކުރަނީ ގައިގައި އަތްލުމމުގެ ދައުވާއެވެ.
2022 ވަނަ އަހަރު އޮގަސްޓު މަހުގެ ތެރޭގައި ހިނގި މި ހާދިސާއާއި ގުޅިގެން އޭނާއާއި އެކު ދައުލަތުން ހެދި އިއުތިރާފްގެ އެއްބަސްވުމެއްގެ ދަށުން، އޭނާ ވަނީ އެ ކުށަށް އިއުތިރާފް ވެފައެވެ.
އެގޮތުން ފޭދޫ ކޯޓުން މިދިޔަ ހަފްތާގައި ހުކުމްކުރީ އެއް ދައުވާގައި3،600ރ އިން ޖޫރިމަނާކޮށް ދެވަނަ ދައުވާގައި2،600ރ ގެ ޖޫރިމަނާގެ އަދަބެއް ދިނުމަށެވެ.
އަދި ޖޫރިމަނާ ކުރި ފައިސާގެ އަދަދު ދެ މަސް ދުވަހު ތެރޭގައި ދައުލަތަށް ދެއްކުމަށް އެ ކޯޓުން ވަނީ އޭނާއަށް އަންގާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް