ހިޔާ ޓަވަރަކުން ވެއްޓުނު މީހަކަށް ފަރުވާދެމުން އަންނަކަމަސް ފުލުހުން ބުނެފިއެވެ.
މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ދެންމެ ބުނެފައިވަނީ ހިޔާ ޓަވަރު ތިނެއްގެ ދެވަނަ ފަންގިފިލާއިން މީހަކު ވެއްޓިފައިވާކަމުގެ ރިޕޯޓު މިއަދު ލިބުނު ކަމަށެވެ.
"ވެއްޓި އަނިޔާވި މީހާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން" ފުލުހުން ބުނެފައިވެއެވެ.
މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ. ވެއްޓުނީ ދިވެއްސެއްކަމެއް ބިދޭސީއެއްކަމެއް ކުޑަކުއްޖެއްކަމެއް ބޮޑު މީހެއްކަމެއް އަދި އަންހެނެއްކަމެއް ފިރިހެނެއްކަމެއްވެސް ފުލުހުން އަދި ބުނެފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް