ސުޕަރ ކޮޕާ ޑި އެސްޕާނާގެ ފައިނަލް އައިސް އެކްސްޓްރާއިން ވަގުތުން ބަލައިލެވޭނެ

ފޯރިގަދަ މުބާރާތެއް ކަމުގައިވާ "ސުޕަރ ކޮޕާ ޑި އެސްޕާނާ" ގެ ފައިނަލާއި ހަމައަށް އައިސްފައިވާއިރު ފައިނަލު މެޗު މީޑިއާ ނެޓުގެ އައިސް އެކްސްޓްރާއިން ބަލައިލެވޭނެއެވެ. ރެއާލް މެޑްރިޑާއި ބާސެލޯނާ ބައްދަލުކ...

12 Jan 2025 | 07:09

ފޯރިގަދަ މުބާރާތެއް ކަމުގައިވާ "ސުޕަރ ކޮޕާ ޑި އެސްޕާނާ" ގެ ފައިނަލާއި ހަމައަށް އައިސްފައިވާއިރު ފައިނަލު މެޗު މީޑިއާ ނެޓުގެ އައިސް އެކްސްޓްރާއިން ބަލައިލެވޭނެއެވެ.

ރެއާލް މެޑްރިޑާއި ބާސެލޯނާ ބައްދަލުކުރާ މި މެޗުގެ ދެއްކުމުގެ އެކްސްލޫސިވް ބްރޯޑްކާސްޓިންގ ރައިޓްސް އައިސް ނެޓްވޯކުން ހޯދާފައިވާކަމަށް މީޑިއާނެޓުން ބުނެއެވެ.

މި މެޗު މިރޭ 00:00ގައި އައިސް އެކްސްޓްރާއިން ވަގުތުން ބަލައިލެވޭނެއެވެ.

މީޑިއާނެޓުން ބުނެފައިވާގޮތުގައި މީޑިއާނެޓުގެ ކަސްޓަމަރުންނަށް ސްޕޯޓްސް އެޑޯން ނުވަތަ ވޯންޓް އިޓް އޯލް ޕެކޭޖަށް ސަބްސްކްރައިބްކޮށްލައްވައިގެން މި މެޗު ބަލައިލެވޭނެއެވެ. އަދި ފޯނުން ބަލާ ފަރާތްތަކަށް މީޑިއާނެޓްގެ އެމްއެސް ސްޓާޓަރ ނުވަތަ އެމްއެސް ކޮމްބޯއަށް ސަބްސްކްރައިބްކޮށްލައިގެންވެސް މި މެޗު ބަލައިލެވޭނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް