އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ސަޢޫދީ އަރަބިއްޔާއަށް ވަޑައިގެންފިއެވެ.
އެ ވުޒާރާއިން ބުނެފައިވާގޮތުގައި ޑރ ޝަހީމް ސަޢޫދީ އަށް ވަޑައިގެންނެވީ މިނިސްޓަރ އޮފް ޙައްޖު އެންޑް އުމްރާ ޑރ ތައުފީޤު ރަބީޢާގެ ދަޢުވަތަކަށެވެ.
މި ޒިޔާރަތުގެ ތެރޭގައި ރާއްޖެއާއި ސަޢުދީ އަރަބިއްޔާއާ ދެމެދު ކޮންމެ އަހަރަކުވެސް ޤާއިމު ކުރާ ޙައްޖު އެގްރީމެންޓްގައި ސޮއިކުރެއްވުމުގެ އިތުރުން ޙައްޖު މިނިސްޓަރ ޑރ ތައުފީޤު ރަބީޢާއާ ބައްދަލުކުރައްވާނެ ކަމަށާއި މީގެ އިތުރުން 1446 ވަނަ އަހަރު ޙައްޖު މިނިސްޓްރީއިން ބާއްވާ ޙައްޖު މައުރަޒުގައި ވަޒީރު ބައިވެރިވެ ވަޑައިގަންނަވާނެކަމުގައި އެ ވުޒާރާއިން ބުނެފައިވެއެވެ.
ޙައްޖުގެ އިންތިޒާމްތަށް ހަރުދަނާކުރުމަށްޓަކައި އިސްލާމީ ޤައުމުތަކާ ގުޅިގެން ސަޢޫދީ ސަރުކާރުން ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންއަންނަކަން އެ ވުޒާރާއިން ފާހަގަކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް