ދުވަހުގެ މޫސުމަށް ބަލައިލާއިރު މިއަދަކީ މޫސުން އާންމުގޮތެއްގައި ރަނގަޅު ދުވަހެއްކަމުގައި މެޓުން ބުނެފިއެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މިހެން ބުނެފައިވަނީ މިއަދުގެ އިރު އޮއްސުމާއިހަމައަށް ލަފާކޮށް ނެރެފައިވާ މޫސުމީ ބުލެޓިންގައެވެ.
މޫސުމީ އެ ބުލެޓިންގައި ބުނެފައިވާގޮތުގައި މޫސުން އާންމުގޮތެއްގައި ރަނގަޅުނަމަވެސް ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރުން އެކަށީގެންވެއެވެ.
މިއަދު ވައިގެ ބާރުމިނަށް ބަލާލާއިރު ވައިވެސް ގަދައެއް ނޫނެވެ. ވައިގެ ބާރުމިން ހުރީ ގަޑިއަކު ތިން މޭލާއި 13 މޭލާއި ދެމެދުގައެވެ.
ކަނޑުތަކަށް ބަލައިލާއިރު ކަނޑުތައްވެސް މިއަދު އާދައިގެވަރަކަށް މަޑުވާނެކަމުގައި މެޓުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް