މޫސުން ގޯސްވުމުގެ ސަބަބުން މާދަމާ އޮތް އިންތިހާބުގެ ވޯޓުލުމުގެ ވަގުތު އެއް ގަޑިއިރަށް އިތުރުކޮށް، ވޯޓުލުން ނިމޭ ގަޑި ހަވީރު 5:00 ގެ ނިޔަލަށް އިލެކްޝަންސް ކޮމިޝަނުން އިތުރުކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ގަޑި އިތުރުކުރަން ނިންމީ މުޅި ރާއްޖޭގެ މޫސުން ގޯސްވެ، ވިއްސާރަވެ ވައިގަދަވެ އަދި ކަނޑުގަދަވުމުގެ ސަބަބުން ޢާންމު ދަތުރުފަތުރަށް ބުރޫއަރައި ވޯޓުލުމަށް މީހުން ނިކުތުމަށް ދަތިތަކެއް ކުރިމަތިވާނެތީއެވެ.
މާދަމާ ކުރިގެންދިއުމަށް ހަމަޖެހިފައިވާ އިންތިހާބުތަކަކީ މާލެ ސިޓީ ކައުންސިލްގެ މޭޔަރު، މާލެ ސިޓީ ކައުންސިލްގެ މާފަންނު ދެކުނު ދާއިރާ، މެދުހެންވޭރު ދާއިރާ، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު އަދި މ. މުލަކު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި- އިލެކްޝަންގެ އިންތިހާބެވެ.
ވޯޓުލުން ފެށޭނެ ގަޑިއަކީ ހެނދުނު 8:00 އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް